އެޑްވަޓޯރިއަލް: ހައްޖުވެރިންނަށް ކުރިމަތިވާ ސިއްހީ އަދި މާލީ ގެއްލުންތަކުން ރައްކާތެރިވުމަށް "އެލައިޑް ހައްޖު ތަކާފުލް"!
ބަރަކާތްތެރި ހައްޖުގެ އަޅުކަން ބޯމަތިވަމުން އަންނަ އިރު، ރާއްޖެއިން ވެސް ގިނަ އަދަދެއްގެ ހައްޖުވެރިން އަންނަނީ ދަތުރަށް ތައްޔާރުވަމުންނެވެ. އެފަރާތްތަކަށް 'އެލައިޑް ތަކާފުލް'އިން އަންނަނީ ޙައްޖު ތަކާފުލްގެ ނަމުގައި ވަރަށް ޚާއްސަ ޕްލޭނެއް 2015 ވަނަ އަހަރުން ފެށިގެން ދެމުންނެވެ. މި ޕްލޭނަކީ ހައްޖުގެ ނުވަތަ އުމްރާގެ މާތް އަޅުކަން އަދާ ކުރުމަށް ކުރާ ދަތުރުމަތީގައި ދިމާވެދާނެ ސިއްހީ ޚަރަދުތަކާއި، މާލީ ގެއްލުންތަކުން އަރައިގަތުމަށް ރައްކާތެރިކަން ފޯރުކޮށްދޭ ޕްލޭނެކެވެ. މިތަކާފުލް އިން ކަވަރުކޮށްދޭ ކަންތައްތަކަކީ: މަރުވުން ދާއިމީ ނުކުޅެދުންތެރިކަމެއް ކުރިމަތިވުން ކުއްލި ޞިއްޙީ ފަރުވާގެ ޚަރަދުތައް ޗެކް-އިން ކުރި ފޮށިތަންމަތި ގެއްލުން ޗެކް-އިން ކުރި ފޮށިތަންމަތި ލިބުން ލަސްވުން ޕާސްޕޯޓް ގެއްލުން ފައިސާ އާއި އަގުބޮޑު ތަކެތި ގެއްލުން ތިންވަނަ ފަރާތަކަށް ލިބިދޭ ގެއްލުމުގެ ޒިންމާ ދަތުރު ކެންސަލުވުން ނުވަތަ މުއްދަތު ކުރުކުރަން ޖެހުން ދަތުރު ލަސްވުން ފުރަން އޮންނަ ގަޑިއަށް ނުފުރުން ނުވަތަ ކަނެކްޓިން ފްލައިޓް މެދުކެނޑުން ހައިޖެކް ކުރުން ޙައްޖު ތަކާފުލްގެ ޕެކޭޖުތަކާއި އަގުތައް: ޙައްޖާއި ޢުމްރާ އަށް، ބޮލަކަށް -/300 ރުފިޔާ ޙައްޖާއި ޢުމްރާ (ކޮވިޑް ކަވަރޭޖާއެކު) ބޮލަކަށް -/550 ރުފިޔާ މި ޕްލޭންތައް ނެގުމަށް 'މައި އެލައިޑް' ޕޯޓަލް ނުވަތަ އެލައިޑް މޯބައިލް އެޕްލިކޭޝަން ބޭނުންކުރެވޭނެއެވެ. މި ޕްލޭނާ ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެއެވެ. https://myallied.mv/hajj-umrah/hajj-umrah-takaful
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ