ނިމުނު އަހަރަށްވުރެ، މިއަހަރުގެ ފުރަތަމަ 4 މަހު ޑެންޑީގެ ކޭސްތައް އިތުރު: އެޗްޕީއޭ

ނިމުނު 2025 ވަނަ އަހަރަށްވުރެ މި އަހަރުގެ މިހާތަނަށް ޑެންގީގެ ކޭސްތަށް އިތުރުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ. ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ ޕްބަލިކް ހެލްތް ކޯޑިނޭޓަރު އާދަމް ރިފާއު ވިދާޅުވީ، ޑެންގީގެ ހާލަތު ވެސް ރޯގާއެކޭ އެއްގޮތަށް ކުރިއަށްވުރެ ކޭސްތަކުގެ އަދަދު މަތީގައި އުޅޭކަމަށެވެ. އެގޮތުން އޭނާ ވަނީ މިދިޔަ އަހާރާއި އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ޑެންގީގެ ކޭސްތައް ވަރަށް މަތީގައި އުޅޭކަން ފާހަގަކޮށްފައެވެ. މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު މިހާތަނަށް އައި ކޭސްތައް މިދިޔަ އަހަރުގެ ހުރިހާ ޓޯޓަލް ކޭސްތަކަށް ވުރެ ވެސް މައްޗަށް ގޮސްފަ މިހާރު މިވަނީ،އެޗްޕީއޭގެ ޕްބަލިކް ހެލްތް ކޯޑިނޭޓަރު އާދަމް ރިފާއު ރިފާއު ވިދާޅުވީ ވަކި އަތޮޅެއް ނުވަތަ ވަކި ރަށެއްގެ ބަދަލުގައި ހުރިހާ ތަނެއްގައި ވެސް ޑޭންގީގެ ކޭސްތައް ގިނަވަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ. https://sun.mv/221565 އެ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޕަބްލިކް ހެލްތް ކޯޑިނޭޓަރު މުޙައްމަދު ހަމްޒަތު ވިދާޅުވީ މިއަހަރުގެ ފުރަތަމަ ހަމަސް އަދި ނުނިމިގެން އުޅޭއިރު، މިދިޔަ އަހަރުގެ ޖުމްލަ އަދަދަށްވުރެ މިއަހަރު ޑެންގީގެ ކޭސްތަށް ގިނަ ކަމަށާއި ކުރިއަށް އޮތްތަނުގައި އެ އަދަދު އުފުލިގެންދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2025 ވަނަ އަހަރު ގާތްގަނޑަކަށް ޑެންގީގެ 2،500 އެއްހައި ކޭސް ރިޕޯޓުކޮށްފައި ވެއެވެ. އެ އެޖެންސީއިން އެންމެ ފަހުން މިމަހުގެ ތެރޭގައި އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖޭގައި ޑެންގީ ހުން ޖެހިގެން ރިޕޯޓުކުރި މީހުންގެ އަދަދު ވަނީ 2،000 އަށްވުރެ މައްޗަށް އަރާފައެވެ. އެޗްޕީއޭއިން މިމަހުގެ ކުރީކޮޅު އާންމުކޮށްފައިވާ ތަފާސްހިސާބުތައް -- ފާހަގަކޮށްލެވޭ ގޮތުގައި މިއަހަރުގެ މިހާތަނަށް ޑެންގީ ޖެހިގެން ދެ މީހަކު ވަނީ މަރުވެފައެވެ. ޑެންގީ ފެތުރޭ މިންވަރު އިތުރުވެ އެ ބަލީގައި މި އަހަރު ފުރަތަމަ މީހަކު ނިޔާވެފައި ވަނީ އޭޕްރިލް މަހުގެ 13 ވަނަ ދުވަހެވެ. އެއީ ށ. މިލަންދުއަށް ނިސްބަތްވާ އުމުރުން 23 އަަހަރުގެ ފިރިހެނެކެވެ. ދެން އެ ބަލީގައި މީހަކު މަރުވެފައި ވަނީ ހަމަ އެ މަހުގެ 24 ވަނަ ދުވަހެވެ. އެ ދުވަހު މަރުވީ މ. މުއްޔަށް ނިސްބަތްވާ އުމުރުން 17 އަހަރުގެ އަންހެން ކުއްޖެކެވެ. https://sun.mv/220551 ރާއްޖޭގައި އެންމެ ގިނައިން ފެތުރޭ ބަލިތަކުގެ ލިސްޓުގައި ޑެންގީ ހިމެނެއެވެ. ކޮންމެ އަހަރެއްގެ ވިއްސާރަ މޫސުމުގައި އިތުރުވާކަން އެޗްޕީއޭގެ ތަފާސްހިސާބުތަކުން ވެސް ދައްކައެވެ. އީޑީސް މަދިރީގެ ސަބަބުން ޖެހޭ ޑެންގީ ހުމަކީ ދާދި އަވަހަށް ސީރިއަސްވެ، ފުރާނައަށް ނުރައްކާ ކުރުވާ ބައްޔެކެވެ. ނަމަވެސް ބައެއް މީހުންނަށް މި ބަލީގެ މާބޮޑު އަލާމާތްތަކެއް ނުފެނި ރަނގަޅުވެސް ވެއެވެ. ޑެންގީ ފެތުރެނީ ވައިރަސް ހަށިގަނޑުގައި ހިމެނޭ އަންހެން އީޑީޒް މަދިރިއެއް އިންސާނުންގެ ގައިގައި ހެފުމުންނެވެ. ގާތްގަނޑަކަށް ހަތަރު ހަފުތާގެ އުމުރުގައި އީޑީޒް މަދިރި، ބަލި ފަތުރަމުން ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ