މާލޭގައި ކުރިއަށްދިޔަ އެއްވުމެއްގެ ތެރެއިން، ފުލުހުންގެ ގާނޫނީ ވާޖިބަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ ތެރެއިން 7 މީހަކު ދޫކޮށްލައިފިއެވެ.
ފުލުހުން ވިދާޅުވީ މިމަހުގެ 13 ވަނަ ދުވަހު މާލޭގައި ކުރިއަށްދިޔަ އެއްވުމެއްގެ ތެރެއިން، ފުލުހުންގެ ގާނޫނީ ވާޖިބަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވިކަމުގެ ތުހުމަތުގައި 9 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ 7 ފިރިހެނުންނާއި 2 އަންހެނުންނެވެ.
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 2 އަންހެނުން ހިމެނޭހެން 6 މީހަކު ވަނީ ދޫކޮށްލާފައެވެ. ދެންތިބި 3 މީހުންގެ ތެރެއިން އެކަކު 3 ދުވަހަށް ބަންދު ކުރުމަށް، އެކަކު 5 ދުވަހަށް ބަންދު ކުރުމަށް އަދި އަނެއް މީހާ 10 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ކޯޓުން ބަންދުކުރަން އަމުރު ކުރި މީހުންގެ ތެރެއިން 3 ދުވަހަށް ބަންދު ކުރަން އަމުރު ކުރި މީހާވެސް މިހާރު ދޫކޮށްލާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
އެއްވުމުން ހައްޔަރުކުރި މީހުންގެ ތެރެއިން ބަންދުގައި ތިބީ 2 މީހުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ