ޢީދު ބަންދުގައި ބޭންކުތައް ހުޅުވާނީ މިމަހުގެ 28ގައި

އަޟްޙާ ޢީދުގެ ބޮޑު ބަންދާ ދިމާކޮށް ސަރުކާރު އޮފީސްތަކާއި ބޭންކުތައް ގިނަ ދުވަސްތަކަކަށް ބަންދުވާތީ، އެ ދުވަސްތަކުގައި ބޭންކިން ޚިދުމަތް ދިނުމަށް ޚާއްސަ ދުވަހެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅައިފިއެވެ. މި އަހަރުގެ ޢީދު ބަންދާ ގުޅިގެން މި މަހުގެ 24 އިން 30 ގެ ނިޔަލަށް ސަރުކާރު ބަންދުވީ ނަމަވެސް، މި މަހުގެ 28 ވާ ބުރާސްފަތި ދުވަހު ބޭންކުތައް ހުޅުވުމަށް ވަނީ ނިންމާފައެވެ. އެ ދުވަހު ބޭންކިން ޚިދުމަތް ލިބޭނީ ހެނދުނު 8:30 އިން މެންދުރުފަހު 2:00 އަށެވެ. އެމްއެމްއޭއިން ބުނި ގޮތުގައި ބޭންކުތައް ހުޅުވާ 28 ވަނަ ދުވަހު އާންމުންނަށް ވަކިލާރިއާއި ނަގުދު ފައިސާ ދުލެއް ނުކުރާނެއެވެ. އެހެންކަމުން ޢީދު ބަންދުގެ ދުވަސްތަކުގައި ބޭނުންވާނެ ކަމަށް ލަފާކުރެވޭ ނަގުދު ފައިސާއާއި ވަކިލާރި، މި ހިނގާ ހަފުތާގެ ރަސްމީ ދުވަސްތަކުގެ ތެރޭގައި ބޭންކުން ހޯދައި ނިންމުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ. މިއަހަރުގެ ކަލަންޑަރުގައިވާ ގޮތުން މި މަހުގެ 26 ވާ އަންގާރަ ދުވަހަކީ ބަރަކާތްތެރި ޢަރަފާތު ދުވަހެވެ. އަދި ޢީދު ވާނީ އެއާ ޖެހިގެން އަންނަ 27 ވަނަ ދުވަހަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ