ދައުލަތުގެ ވިޔަފާރި ކުންފުނިތަކުގެ ހަރަދު ކުޑަކުރަން އަޅާނެ ފިޔަވަޅުތައް އަންގައިފި މުޣުނީގެ ނަން އުނިކޮށް ޕީސީބީގެ ބޯޑު އަލުން އެކުލަވާލައިފި މަގުބޫލު ލިޔުންތައް ނާކާމިޔާބީގެ ތެރެއިން ފެނުނު ސާބިތުކަން: ސޮޑާގެ ސިޔާސީ ހިތްވަރު! އައްޑޫގެ މަގުތައް ގަރާޖުތަކ

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސަކަށް އައްޔަންކުރައްވާފައިވާ މުހައްމަދު ނިޒާރަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޕީސީބީގެ ރައީސްކަމަށް ނިޒާރު އައްޔަންކުރައްވައި މަޖިލީހުގެ ރުހުން ހޯއްދެވުމަށް ހުށަހެޅުއްވި މައްސަލަ ފާސްވީ މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 49 މެންބަރުންގެ އިއްތިފާގުންނެވެ.
މި މަގާމަށް ނިޒާރު އައްޔަންކުރައްވާފައިވަނީ ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު އަނަސް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ނިޒާރުގެ ނަން ދިރާސާކުރި ސަރުކާރު ހިއްސާވާ ކުންފުނިތަކާ ބެހޭ ކޮމެޓީން ވެސް ވަނީ އޭނާއަކީ އެ މަގާމަށް ގާބިލު ބޭފުޅެއް ކަމަށް ނިންމައި މަގާމަށް އައްޔަންކުރަން ފެންނަ ކަމަށް ނިންމާފައެވެ.
މުހައްމަދު ނިޒާރަކީ މީގެކުރިން 2014 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރުގެ ނިޔަލަށް ވެސް ޕީސީބީގެ ރައީސްކަމުގެ މަގާމު ފުރުއްވާފައިވާ، ކުންފުނިތައް ހިންގުމުގެ ދާއިރާގެ ބޮޑު ތަޖުރިބާއެއް ހުރި ބޭފުޅެކެވެ. މީގެ އިތުރުން އޭނާ ވަނީ އެސްޓީއޯގެ ސީނިއާ އެގްޒެކެޓިވް މަގާމުތަކުގައި 20 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައެވެ. މަޖިލީހުން މިއަދު ދިން މި ރުހުމާއެކު، ސަރުކާރު ހިއްސާވާ ކުންފުނިތައް ރެގިއުލޭޓްކުރާ ބޯޑުގެ ހިންގުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ