އިތުރު ހަތަރު ކުންފުންޏެއްގެ ބޯޑަށް ބަދަލު ގެނެސްފި

ސަރުކާރުގެ އިތުރު ތިން ކުންފުންޏެއްގެ ބޯޑަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން މިއަދު ބަދަލު ގެނެސްފިއެވެ. ޕީސީބީން ވަކިވަކިން މިއަދު ކުރި ޕޯސްޓުތަކަށް ބަލާއިރު، ބައެއް ކުންފުނިތަކުގެ ބޯޑަށް މެންބަރުން އައްޔަނުކުރިއިރު، ބައެއް މެންބަރުން ވަނީ ބޯޑުން ވަކިކޮށްފައެވެ. ކުންފުނިތަކަށް އައްޔަނުކުރެއްވި މެންބަރުން: އައްޑޫ އިންޓަަނޭޝަނަލް އެއާޕޯޓުގެ ބޯޑު ޑިރެކްޓަރަކަށް ޝެރީނާ ޞާލިހު އެމްޓީސީސީގެ ޗެއާޕާސަން އަދި ބޯޑު ޑިރެކްޓަރު ކަމަށް ސަޢާދާ އިބްރާހިމް ދެ މެންބަރަކު މިއަދު ޕީސީބީން ވަނީ، މަގާމުން ވަކިވެސް ކޮށްފައެވެ. އެއީ، ވިޒިޓް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑު މެންބަރު ޢާއިޝަތު އަލީއާއި އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑު މެންބަރު އައިމިނަތު ރައިޝަމެވެ. މީގެއިތުރުން، ޕީސީބީގެ ބޭންކިން ދާއިރާގެ މެންބަރު ކަމަށް ޒައިނާ އަބްދުﷲއާއި އަހުމަދު ނާސިފު, މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމަށް ވަނީ އައްޔަނުކޮށްފައެވެ. https://sun.mv/223820 ޕީސީބީން ބައެއް ކުންފުނިތަކުގެ ބޯޑަށް ބަދަލު ގެނައި، ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ. ދައުލަތުގެ ކުންފުނިތަކަށް ބޮޑު ޚަރަދެއް ކޮންމެ އަހަރަކު ވެސް ކުރަމުން އަންނައިރު، ފިނޭންސް މިނިސްޓްރީން މިދިޔަ އޭޕްރިލް މަހު ވަނީ، ސަރުކާރު ކުންފުނިތަކުން 33 މުވައްޒަފުން މަދުކުރަން ޕީސީބީއަށް އަންގާފައެވެ. އޭގެ ފަހުން ކުންފުނިތަކުން މުވައްޒަފުން މަދު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ