ބެލިންހަމް އަނގަ ފޮރުވައިގެން އިދިކޮޅު ކުޅުންތެރިޔާއާ ވާހަކަދެއްކި ނަމަވެސް ރަތް ކާޑުން ސަލާމަތްވީ ކިހިނެއް؟

ވޯލްޑް ކަފްގައި ގާނާއާ ދެކޮޅަށް ކުޅުނު ބައްދެޗުގައި އަނގަ ފޮރުވައިގެން އިދިކޅު ކުޅުންތިޔާއާ ވާހަކަދެއްކި ނަމަވެސް އިނގިރޭސި މިޑްފީލްޑަރު ބެލިންހަމް އަށް ރަތް ކާޑެއް ނުލިބި ސަލާމަތްވެއްޖެ އެވެ
މި ފަހަރުގެ މުބާރާތުގައި އިދިކޮޅު ކުޅުންތެރިއަކާ ހިޔާލުތަފާތުވާ ވަގުތު އަނގަ ފޮރުވައިފި ނަމަ ރަތް ކާޑު ދެއްކުމަށް ފީފާއިން އޮތީ އާ ގަވާއިދެއް ހަދާފަ އެވެ.
ނަމަވެސް ބެލިންހަމް ގާނާގެ ފޯވާޑް ޖޯޑަން އަޔޫއާ ވާހަކަދެއްކީ ރުޅިވެރިކަމާއެކު ނޫން ކަމަށް ރެފްރީން ނިންމި އެވެ.
ފީފާގެ ރެފްރީންގެ ވެރިޔާ ކޮލީނާ މުބާރާތުގެ ކުރިން މިގަވާއިދާ ގުޅޭގޮތުން ވާހަކަދެއްކެވާހަކަ ދެއްކި އެވެ. 
"އެކުވެރި މާހައުލެއްގައި ކުޅުންތެރިން ވާހަކަދައްކާއިރު އަނގަ ފޮރުވުމަކީ މައްސަލައެއް ނޫން،" ކުރީގެ ލެޖެންޑަރީ ރެފްރީ ބުނެފައިވެ އެވެ.އެހެންކަމުން މިއީ ބެލިންހަމްގެ މައްޗަށް ފިޔަވަޅު އަޅަންޖެހޭ ކަމެއް ނޫން ކަމަށް އޮފިޝަލުން ނިންމި އެވެ.ނަމަވެސް މި އާ ގަވާއިދުގެ ދަށުން އެންމެ ފުރަތަމަ ރަތް ކާޑު ހޯދައިގެން މިގޭލް އަލްމިރޯން ވަނީ ތާރީހުގެ ތެރެއަށް ގޮސްފަ އެވެ.ޕެރަގުއޭ އާއި ތުރުކީ ބައްދަލުކުރި މެޗު ދިޔައީ ވަރަށް ހޫނުގަދަކޮށެވެ.އިސްމާއިލް ޔުކްސެކް ކުރި ފައުލަކާ ގުޅިގެން ދަނޑުމަތީގައި ހަމަނުޖެހުމެއް ހިނގި އެވެ.އެ ވަގުތު ތުރުކީގެ މުލްޑާއާ ކުރިމަތިލައި އަލްމިރޯން އޭނާގެ އަނގަ ފޮރުވި އެވެ.ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ ރަތް ކާޑެއް ދައްކަންޖެހޭ ކަމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ