ޢިލާޖް އިންސްޓިޓިއުޓްގެ ފަރާތުން ރާއްޖޭގައި މުޅިން އަލަށް ޙިޖާމާ ކޯސް ބާއްވަނީ

ދިވެހިރާއްޖޭގައި މުޅިން އަލަށް ޢިލާޖް އިންސްޓިޓިއުޓްގެ ފަރާތުން "ސެޓްފިކެޓް 3 އިން ވެޓް ކަޕިން ޓްރީޓްމަންޓް (ޙިޖާމާ)" ކޯސް ބާއްވަން ނިންމައިފިއެވެ. މިދިޔަ އަހަރު، ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ މިނިސްޓްރީ އޮފް ހެލްތުގެ ހުއްދަ ލިބިގެން ޙިޖާމާގެ ޚިދުމަތް ދޭން ފަށާފައި ވަނީ ޢިލާޖް ޙިޖާމާ އެންޑް އަލްޓަނޭޓިވް މެޑިކަލް ސާވިސަސް އިންނެވެ. ހަމައެއާއެކު ދިވެހިރާއްޖޭގައި މުޅިން އަލަށް މިއަހަރުގެ އޮގަސްޓްގައި ބާއްވާ މި ޕްރޮގްރާމަކީ ވެޓް ކަޕިން ޓެކްނީޝަނުން ނުވަތަ ޙިޖާމާ ޖަހާ މީހުން ތައްޔާރު ކުރުމުގެ ޕްރޮގްރާމެކެވެ. ވެޓް ކަޕިން ނުވަތަ ޢާއްމު ނަމުން ނަމަ ޙިޖާމާއަކީ އިހު ޒަމާނުއްސުރެ ކުރެވެމުން އައިސްފައިވާ ފަރުވާއެކެވެ. މި ޕްރޮގްރާމްގެ މަގްސަދަކީ ރައްކާތެރިކަމާއެކު ޙިޖާމާ ޖަހައިދޭނެ ފަންނީ މީހުން ބިނާކުރުމަށް ބޭނުންވާ ޢިލްމާއި، އަމަލީ ތަމްރީނާއި، މަސައްކަތުގެ ހުނަރު އުނގަންނައިދިނުމެވެ. ޕްރޮގްރާމްގައި ކިޔަވައިދިނުމަށް ހަމަޖެހިފައި ވަނީ ދިވެހި ބަހުންނެވެ. އަދި ކިޔަވައިދިނުމުގެ މުއްދަތަކީ 15 ހަފްތާއެވެ. މި ޕްރޮގްރާމްގައި ޙިޖާމާގެ ބައިތައް ކިޔަވައިދެއްވާނީ ޙިޖާމާގެ ދާއިރާގައި ތަޖުރިބާ ލިބިފައިވާ ބޭފުޅުންނެވެ. އަދި މެޑިކަލް ގޮތުން އެކުލެވިފައިވާ ބައިތައް ކިޔަވައިދެއް ވާނީ ސިއްހީ ދާއިރާގައި ކިޔަވައިދިނުމުގައި ތަޖުރިބާ ލިބިފައިވާ ބޭފުޅުންނެވެ. މިއީ އެމްކިއުއޭ އެކްރެޑިޓް ކުރެވިފައިވާ، އަދި މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުން ބަލައިގަނެފައިވާ ޕްރޮގްރާމެކެވެ. ވީމާ ޕްރޮގްރާމް ފުރިހަމަކުރާ ދަރިވަރުންނަށް މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގައި 'ވެޓް ކަޕިން ޓެކްނީޝަން' އެއްގެ ގޮތުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ލިބުމަށް މަގުފަހިވެގެންދާނެ ކަމަށް ޢިލާޖްއިން ވަނީ ބުނެފައެވެ. ޕްރޮގްރާމާއި ގުޅުންހުރި އިތުރު މައުލޫމާތު ހޯއްދުމަށް ނުވަތަ ބައިވެރިވުމުގެ ފޯމު ހުށަހެޅުމަށް ޢިލާޖް އިންސްޓިޓިއުޓްގެ ސޯޝަލް މީޑިއާގެ ޕޭޖް ތަކަށް މެސެޖުކުރުމަށް ވަނީ އެދިފައެވެ. އަދި ގުޅައިގެން މައުލޫމާތު ހޯދާނަމަ ހެނދުނު 10:00 އާއި 12:00 އާއި ދޭތެރޭ 4009555 އަށް ގުޅާލެވޭނެއެވެ. ނުވަތަ ކޮންމެ ވަގުތެއްގައި ވެސް 9299555 އަށް ވަޓްސްއެޕް އަދި ވައިބާ މެދުވެރިކޮށް ސުވާލުކުރެވޭނެ ކަމަށް ޢިލާޖް އިން ބުންޏެވެ. ފޭސްބުކް/ އިންސްޓަގްރާމް/ ޓިކްޓޮކް: (ilaajinstitute)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ