މި މަރުކަޒު ހުޅުވުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ހަވީރު 4:30 ގައެވެ.
މި މަރުކަޒުގެ ކުރިމަގާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، ފުވައްމުލަކު ސިޓީގައި ބިނާކުރާ އިސްލާމިކް ސެންޓަރުގެ މަސައްކަތް ނިމުމުން، ޤުރުއާނާބެހޭ މަރުކަޒުގެ ޚިދުމަތްތައް އެ ސެންޓަރަށް ބަދަލުވާނެ ކަމަށެވެ. އަދި މިހާރު ހުޅުވާ އިމާރާތް ބަދަލުވެގެންދާނީ ވަޤުފު ބިނާއަކަށް ކަމަށާއި، އެތަނުން ލިބޭ އާމްދަނީ ޚަރަދު ކުރާނީ ފުވައްމުލަކު ސިޓީގެ ދީނީ ކަންކަން ކުރިއެރުވުމަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ފުވައްމުލަކު އިސްލާމިކް ސެންޓަރުގެ ޑިޒައިން މިހާރު ނިމިފައިވާއިރު، އެކަމާ ގުޅޭ ކޮންސެޕްޓް ވަނީ ކައުންސިލްގެ ލަފައަކަށް ފޮނުވާފައެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޤުރުއާނާބެހޭ މަރުކަޒުގެ ގޮފިތައް ޤާއިމުކުރުމަކީ ރައީސްގެ ވަޢުދުފުޅެކެވެ.
ފުވައްމުލަކުގައި ގާއިމުކުރި ޤުރުއާނާބެހޭ މަރުކަޒު ހުކުރު ދުވަހު ހުޅުވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ