ނަޖިސްވެފައި ވޭތޯ ބެލުމަށް ރަސްފަންނުގެ ފެން ޓެސްޓު ކުރަނީ
ރަސްފަންނުގެ މޫދަށް އެރޭ ސަރަހައްދުގެ ފެން ނަޖިސްވެފައި ވޭތޯ ބެލުމަށް ފެން ޓެސްޓުކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ. ރަސްފަންނު ބީޗުގެ ފެން ތަކުރާރުކޮށް ނަޖިސްވާ ކަމަށް 2024ގެ ދިރާސާއަކުން ދައްކާފައި ވާއިރު ވެސް އެ ސަރަހައްދަށް މީހުން މޫދަށް އެރޭތީ ބައެއް ސިއްހީ މާހިރުން ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައެވެ. މިކަމާ ގުޅުވައި ސަން އިން ސުވާލުކުރުމުން ސިޓީ ކައުންސިލުގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، ކައުންސިލުން ގޮތެއް ކަނޑައަޅާނީ އެތަނުގެ ފެން ޓެސްޓު ކުރުމަށްފަހު ކަމަށެވެ. މޭޔަރު ވިދާޅުވީ އެތަނަށް މީހުން މޫދަށް އެރޭއިރު އެތަނުގެ ފެން ތަގައްޔަރުވެފައިވާ މިންވަރު ބެލުމަށް ފެން ޓެސްޓުކުރުމަށް މިހާރު ބުނެފައި ވާނެ ކަމަށެވެ. އަދި ކައުންސިލުން އެކަމަށް ވަކި އެއްޗެއް ބުނާނީ ފެން ޓެސްޓުކޮށް ނަތީޖާ ލިބުމުން ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. ރަސްފަންނުގެ މޫދަށް އެރޭ ސަރަހައްދު: ނަޖިސްވެފައި ވޭތޯ ބެލުމަށް ރަސްފަންނުގެ ފެން ޓެސްޓު ކުރަން ނިންމައިފި -- ސަން ފޮޓޯ/ އާއިޝް އަޝްރަފް މޭޔަރު އާޒިމް ވިދާޅުވީ ކޮންސްޓްރަކްޝަން މިނިސްޓްރީއިން އެންމެ ފަހުން ރަސްފަންނު ތަރައްގީކޮށް ހަވާލުކުރިއިރު އެކަން ކޮށްފައި ވަނީ ވަރަށް ފަރުވާކުޑަކޮށް ކަމަށެވެ. މިނިސްޓްރީއިން ރަސްފަންނު ތަރައްގީކޮށްފައި ވަނީ ކަމަކަށް ކަމެއްކުރާ އުސޫލުންކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ. ހަމަ މިނިސްޓްރީއިން ނިންމީއޭ ބުނަން ވެގެން، ކަމަކަށް ކަމެއްކޮށް ނިންމާލާފަ އެ އޮތީ. އެތަން ނިމުނުއިރު އެތަނުގައި ޗަކަތަކާއި އެއްޗެހިވެސް ހުރީ ނުނަގާ ސާފުނުކޮށް. ތިބޭފުޅުންނަށް ވެސް ފެންނާނެ އެތަން އޮތް ގޮތް. އަޅުގަނޑުމެން އަދި އިހަކަށް ދުވަހު ކަޅު ތެޔޮތައް ސާފުކުރީ، މާލެ ސިޓީ ކައުންސިލުގެ މޭޔަރު އާދަމް އާޒިމް ރަސްފަންނު ބީޗުގެ ފެން ތަކުރާރުކޮށް ނަޖިސްވާ ކަމަށް ދިރާސާއަކުން ދައްކާފައިވާއިރު ވެސް އެ ސަރަހައްދަށް މީހުން މޫދަށް އެރޭތީ ބައެއް ސިއްހީ މާހިރުން ކަންބޮޑުވުން ފާޅުކޮށަފައި ވާތާ މިހާރު ވަނީ ދުވަސްކޮޅެއް ވެފައެވެ. https://sun.mv/223757 މީގެ ދެ އަހަރު ކުރިން ރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ) އިން އެކުލަވައިލި މެރިން ބަޔޮލޮޖީ ދާއިރާގެ ދިރާސާއިން އެނގޭ ގޮތުގައި، ރަސްފަންނުގެ މޫދަށް އެރޭ ސަރަހައްދުގެ ފެނުގެ ފެންވަރު ތަކުރާރުކޮށް އަންނަނީ ދަށްވަމުންނެވެ. އެއީ، އެ ސަރަހައްދުގެ އޮއިވަރު ހުންނަ ގޮތުން ފެން ދައުރުވުން ކުޑަވުމާއި މާލޭގެ ނަރުދަމާ ނިޒާމުން ބޭރުކުރާ ނަޖިސް ހޮޅިތަކާ އެ ސަރަހައްދު ކައިރިވުމުގެ ސަބަބުން ކަމަށް އެ ދިރާސާއިން ދައްކައެވެ. https://sun.mv/223596 ކަން އެހެން އޮއްވައި، އެ ސަރަހައްދަށް އަދިވެސް މީހުން މޫދަށް އެރޭތީ ބައެއް ސިއްހީ މާހިރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ