ދިވެހިރާއްޖެއިން އިންޑޮނޭޝިއާއަށް ކަނޑައަޅުއްވާ ނޮންރެސިޑެންޓް ސަފީރަކަށް، ޑރ.މަރިޔަމް ޝަބީނާ އަހުމަދު، ހަމަޖައްސަވަފިއެވެ.
ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނުގެ 14ވަނަ މާއްދާގައިވާ ގޮތުގެމަތިން، ދިވެހިރާއްޖެއިން އިންޑޮނޭޝިއާއަށް ކަނޑައަޅުއްވާ ނޮންރެސިޑެންޓް ސަފީރަކަށް، ޑރ.މަރިޔަމް ޝަބީނާ ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހެޅުއްވީ މޭ މަހުގެ 13 ވަނަ ދުވަހުއެވެ. އެ މައްސަލަ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާއި ބެހޭ ކޮމިޓީން ދިރާސާކުރެއްވުމަށްފަހު ޑރ. ޝަބީނާއަކީ އެމަޤާމަށް ޤާބިލް މީހެއް ކަމަށް ފެންނާތީ ކޮމިޓީގެ އައުލަބިއްޔަތުން އޭނާ އަށް ރުހުން ދިނީ ޖޫން 22ގައެވެ.
އިންޑޮނޭޝިއާއަށް ކަނޑައަޅުއްވާ ނޮންރެސިޑެންޓް ސަފީރަކަށް، ޑރ.މަރިޔަމް ޝަބީނާ އައްޔަންކުރުމަށް މަޖިލީހުން ރުހުން ދެއްވާފައި ވަނީ މިއަދު މަޖިލީހުގައި ނެގި ވޯޓުގައި 49 މެމްބަރުންގެ ވޯޓާއިއެކުގައެވެ. ޑރ.ޝަބީނާއަކީ މެލޭޝިއާ އަށް ދިވެހިރާއްޖެއިން ކަޑަނއަޅުއްވާފައި ހުންނަވާ ސަފީރެވެ.
ބޭރު ޤައުމުތަކަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރުންނާއި ނޮން-ރެޒިޑެންޓް ސަފީރުން ޢައްޔަން ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
އިންޑޮނޭޝިއާއަށް ކަނޑައަޅުއްވާ ނޮން ރެސިޑެންޓް ސަފީރަކަށް ޑރ. ޝަބީނާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ