ބްރެޒިލާއި ސްކޮޓްލެންޑްގެ ތާރީހީ ކުރިމަތިލުންތައް ފެށުނުއިރު ޕެލޭއާއި ޖާޒީނިއޯ، ގާސަން އަދި އަމަރިލްޑޯ އެވެ. 1966 ގެ ބްރެޒިލްގެ ކުޅުންތެރިން، އެއަހަރުގެ ވޯލްޑްކަޕުގެ ކުރިން އެއީ ދުނިޔޭގެ ޗެމްޕިއަނުންނެވެ.
60 އަހަރާއި 10 މެޗުގެ ކުރިން ފުރަތަމަ ފަހަރަށް ސްކޮޓްލެންޑުން ބްރެޒިލާއި ދެކޮޅަށް ނުކުތްއިރު ބްރެޒިލްގައި ތިބީ މި ތަރިންނެވެ. އެމެޗު ފެށިގެން މިނެޓެއް ތެރޭ ސްޓީވީ ޗާމާސްގެ ލަނޑަކުން މެޗުގެ ފޯރި ހިފި އެވެ. ނަމަވެސް ނިމުނީ 1 - 1 ން އެއްވަރުވެގެންނެވެ.
ބުދަދުވަހު މަޔާމީގެ ހޫނުގައި ސްކޮޓްލޭންޑްގެ މެނޭޖަރު ސްޓީވް ކްލާކް ބޭނުންވާނީ ހަމަ މިކަހަލަ ނަތީޖާ އެކެވެ. ނުވަތަ އެއަށްވުރެ ރަނގަޅު ނަތީޖާ އެކެވެ. މިގަރުނުގެ ސްކޮޓްލެންޑްގެ އެންމެ ބޮޑު މެޗު އޮތީ ވަރަށް ކައިރީގަ އެވެ.
ބްރެޒިލާއި ދެކޮޅަށް ނުކުތް ހިތްދަތި ނަތީޖާތައް މާ ގިނަ އެވެ. 1998 ގައި ޕެރިސްގައި 73 ވަނަ މިނެޓުގައި ޓޮމް ބޮއިޑްގެ ކަނާތުގައި ޖެހިފައި އަމިއްލަ ގޯލަށް ވަން ލަނޑާއެކު އޭނާގެ މޫނުމަތިން ފެނިގެންދިޔައީ ހިތާމަ އެވެ. އެލަނޑާއެކު 2 - 1 ން މެޗު ކާމިޔާބުކުރީ ބްރެޒިލުންނެވެ.
ފްރޭންކްފާޓްގައި 1974 ބިލީ ބްރެމްނާއަށް ވެސް ލަނޑުޖަހަން ލިބުނު ރަނުގެ ފުރުސަތު ބޭކާރުވިއިރު މެޗު ނިމުނީ 0 - 0 ން ބްރެޒިލާއި އެއްވަރުވެގެންނެވެ. އަދި ގޯލު ތަފާތުން ސްކޮޓްލޭންޑް އެފަހަރު ޖެހުނީ އެނބުރި ގެއަށް ދާށެވެ. ބައި ގަރުނަށް ވުރެ ގިނަ ދުވަސްވީއިރު ވެސް ގޯލު ތަފާތުގެ ބިރު އޮތްނަމަވެސް ފުރަތަމަ ފަހަރަށް ސްކޮޓްލެންޑުން ގަދަ 32 ގެ ބުރަށް ދިއުމަށް މިރޭ ކުޅެވޭ މެޗުން މޮޅު ނުވަތަ އެއްވަރުވާކަށް ވެސް މަޖުބޫރެއް ނޫނެވެ.
ޕޮއިންޓެއް ނުވަތަ 3 ޕޮއިންޓް ހޯދުމަކީ ސްކޮޓްލެންޑުގެ އަމާޒަށް މިރޭ އެއްކޮށްވާނެ އެވެ. އެހެން ނަމަވެސް 1 ލަނޑު ނޫނީ ދެލަނޑު އަދި އެއަށްވުރެ ގިނަ ލަނޑުން ބަލިވި ނަމަވެސް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އޮތުމުގެ ފުރުސަތު އެބައޮތެވެ.
މިއަދު އެންޑީ ރޮބާޓްސަން ބުނިގޮތުގައި ނަމްބަރުތަކާއި މެޗާ ތާރީހާ ބެހޭ ކަންކަމަށް އޭނާގެ ޝަައުގެއް ނެތެވެ. އެހެންނަމަވެސް ޔަގީންކަމާއެކު ބުނަން އެނގެނީ އެނގެންޖެހޭ ހުރިހާ ތަފްސީލެއް އޭނާއަށް އެނގޭނެ ކަމެވެ. އޭނާގެ އެ ހިތްވަރަކީ ދެވަނަ ބުރަށް ސްކޮޓްލެންޑް ދިއުމަށް ލިބޭ އެންމެ ބޮޑު އެއް ބާރެވެ.
ބައްޔަކީ ކޮންމެވެސް ކަހަލަ ކާމިޔާބީއެއްގެ ގޮތުގައި ބެލުމުން ރޮބާޓްސަންގެ ފެންވަރަށް ނާދެވޭނެ އެވެ. ސްކޮޓްލެންޑުން ބްރެޒިލާ ދެކޮޅަށް މެޗެއް ނުކުޅޭތާ 15 އަހަރުވެފައިވާއިރު ވޯލްޑްކަޕެއްގައި ނުކުޅޭތާ ވަނީ 28 އަހަރުވެފަ އެވެ. މިރޭގެ މެޗުގައި އިތުރަށް ސްކޮޓްލެންޑުން ހިތްވަރު ކުރަން ޖެހޭނެ އެވެ. އެންމެފަހުން އެމެރިކާގައި ކުޅުނު ދެމެޗާއި އަދި އޭގެ ކުރިން ޔޫރަޕިއަން މުބާރާތްތަކުގެ ކުރިން ކުޅުނު 6 މެޗުން ދެއްކި ކުޅުމަށް ވުރެ ރަނގަޅު ކުޅުމެއް ސްކޮޓްލެންޑުން މިރޭ ދައްކަން ޖެހޭނެ އެވެ.
މޮރޮކޯއާ ދެކޮޅަށް ދެވަނަ ހާފުގައި ރަނގަޅު ކުޅުމެއް ސްކޮޓްލެންޑުން ދެއްކި އެވެ. ޕްރެޝަރާއެކު ރަނގަޅު ފުރުސަތުތަކެއް އެމެޗުގައި ސްކޮޓްލެންޑުން އުފެއްދި އެވެ. އެޓީމުގެ މައްޗަށް ފަސޭހަ މޮޅެއް ހޯދޭ ވަރުގެ ވަރުގަދަ ޓީމަކާ ދެކޮޅަށް ކުޅެ އެޓީމުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. އެހެންނަމަވެސް ގޯލާ ސީދާކޮށް ހަމަލާއެއް ނުއުފެއްދުނެވެ. ދެގޭމުން ޖުމްލަ އުފެއްދުނީ 2 ހަމަލާ އެވެ.
މިހަފްތާގައި ޓީމުގެ ކުޅުންތެރިންނާއި ކޯޗު ވެސް ވަނީ މި ވާހަކަ ދައްކާފަ އެވެ. އިތުރަށް ޝޮޓް ޖަހާ ގިނަ ހަމަލާތައް އުފައްދަން އެޓީމުން މަސައްކަތްކުރަން ޖެހެ އެވެ. އަނެއްކޮޅުން މިރޭގެ މެޗުގައި ބްރެޒިލަށް ބަލާލާއިރު ދެއަހަރާއި ބައިގެ މުއްދަތަކަށްފަހު ނޭމާ ކުޅުމާ އެނބުރި ގުޅުމުގެ ފުރުސަތު ބޮޑެވެ.
ނަމަވެސް މިރޭގެ މެޗުގައި އެންމެ ބޮޑަށް ވިސްނަން ޖެހޭ އެއްކުޅުންތެރިޔަކީ ބްރެޒިލްގެ ވިނީޝިއުސް ޖޫނިއާ އެވެ. ވޯލްޑްކަޕުގެ އެންމެ ކާމިޔާބު ޓީމު ބްރެޒިލުން ވަނީ މިމުބާރާތް 5 ފަހަރު ކާމިޔާބުކޮށްފަ އެވެ. އެހެންނަމަވެސް އެންމެ ފަހުން ބްރެޒިލުން މިމުބާރާތް ނަގާފައިވަނީ މީގެ 24 އަހަރު ކުރިންނެވެ.
ވޭތުވެދިޔަ އަހަރުތަކުގައި ވޯލްޑްކަޕުގައި ބްރެޒިލަށް ދިމާވެފައިވަނީ ދަތި ހާލަތުތަކެކެވެ. 4 ފަހަރަށް ކުއާޓާ ފައިނަލުން ބަލިވިއިރު 2014 ގައި ޖަރުމަނު އަތުން ސެމީގައި ލަދުވެތި ގޮތަކަށް 7 - 1 ން ބްރެޒިލް ބަލިވި އެވެ. މިފަހަރުގެ ކޮލިފިކޭޝަން ބުރުން ވެސް ބްރެޒިލަށް ދިމާވީ ދެރަ ނަތީޖާތަކެކެވެ.
18 މެޗު ކުޅުނުއިރު 8 މެޗުން މޮޅުވި ނަމަވެސް 4 މެޗުން އެއްވަރުވެ 6 މެޗުން ވަނީ ބަލިވެފަ އެވެ. ޗިލީ، ޕެރޫ އަދި ކޮލޮމްބިއާ އަތުން މޮޅުވިއިރު އެމެޗު ތަކުން ބްރެޒިލަށް މޮޅުވެވުނީ މެޗުގެ ފަހުވަގުތުކޮޅު ތެރޭގައި ޖެހުނު ލަނޑުތަކުންނެވެ. އާޖެންޓީނާ އަތުން ދެފަހަރު ބަލިވިއިރު ކޮލޮމްބިއާ، އުރުގުއޭ އަދި ޕެރެގުއޭ އާއި ބޮލީވިއާ އަތުން ވެސް ބަލިވި އެވެ.
ސްކޮޓްލެންޑުން ގަރުނުގެ ބޮޑު މެޗަށް، ބްރެޒިލާ ދެކޮޅަށް ބަދަލު ހިފުމުގެ ރޫހުގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ