ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް އީކޮމާސް ޕްލެޓްފޯމްތަކުގައި ކުރެވޭ ބޭރުފައިސާގެ މުއާމަލާތްތަކަށް ކަނޑައަޅާފައިވާ ޑެއިލީ ލިމިޓް ފުޅާކުރެވިފައިވާކަމަށް ބީއެމްއެލް އިން ބުނެފިއެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑިންގ އެންޑް މާކެޓިންގ ސްޓްރެޓެޖީ މުޙައްމަދު ސަޢީދު ވިދާޅުވީ، މިބަދަލަކީ ބީއެމްއެލްގައި ޑޮލަރު އިންވެސްޓްކުރުމަށް ހުޅުވާލި ފުރުސަތާއެކު ގެނެވުނު ބަދަލެއް ކަމަށެވެ.
ބީއެމްއެލް އިން ވިއްކާ ޑޮލަރު އިތުރު ކުރުމަށްޓަކައި، އެބޭންކުގައި ޑޮލަރު އިންވެސްޓްކުރުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ އަންގާރަ ދުވަހުއެވެ. މި އިންވެސްޓްމަންޓް ސްކީމްގެ ދަށުން، ބޭންކުގައި ޑޮލަރު އިންވެސްޓްކުރާ ފަރާތްތަކަށް 25 އިންސައްތަ އާއި ހަމައަށް ފައިދާ ލިބޭނެ ފުރުސަތު އޮންނާނެކަމަށް ބީއެމްއެލް އިން ބުނެއެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ސައީދު އިތުރަށް ވިދާޅުވީ، ބޭންކަށް ޑޮލަރު އިންވެސްޓްކުރުމަށް ހުޅުވާލި ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައިވެސް ކުރިން ހުރި ލިމިޓަށްވުރެ ގިނަ ބަޔަކަށް ޚިދުމަތް ލިބިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
"މިއަދު އަޅުގަނޑުމެނަށްވެސް އަދި ސޯޝަލް މީޑިއާގައިވެސް ބައެއް ފަރާތްތަކުން ފާހަގަކޮށްފައިވޭ، އެންމެ ގިނަ ފަރާތްތަކުން ބޭނުންކުރާ ޓީމޫ، ޝެއިން، އަލީ އެކްސްޕްރެސްގެ ޕޭމަންޓްސްތައް ތްރޫވި. އެހެން ނޫންނަމަ އެއީ ކޮންމެ ދުވަހަކު ވަރަށް އަވަހަށް ހުސްވާ ލިމިޓުތަކެއް،" ސައީދު ވިދާޅުވިއެވެ.
އީކޮމާސް ޕްލެޓްފޯމްތަކުގެ ޑެއިލީ ލިމިޓް މިހާރު ވާނީ ފުޅާކުރެވިފައި: ބީއެމްއެލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ