ޢާއިޝަތު ރަފާޙް ޢަލީ
ފުރަތަމަ މިބަލައިލަނީ ހެޔޮ ޢަމަލުތައް ކުރުމުގެ މާނައަށެވެ. އެއީ ހަމައެކަނި އަޅުކަންކުރުމެއް ނޫނެވެ. ކުރާ ކޮންމެ ކަމެއްވެސް ﷲ ތަޢާލާ އަންގަވާފައިވާ މަގުން ކުރުމަކީވެސް ހެޔޮ ޢަމަލުކުރުމެވެ. ފާފައަކަށް އަރައިނުގަނެ ހުރުމަކީވެސް ހެޔޮ ޢަމަލުކުރުމެވެ.
ހެޔޮ ޢަމަލު ކުރުމަކީ އިސްލާމްދީނުގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން އެއް ކަމެކެވެ. އެގޮތުން ހެޔޮ ޢަމަލު ކުރުމަށް ބާރުއަޅުއްވާ، އެކަމުގައި ޘާބިތުވެ ތިބުމުން ލިބޭ އަޖުރާއި މާތްކަން، ކީރިތި ޤުރްއާނާއި ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ގެ ސުންނަތުން ގެންނަވާފައިވެއެވެ.
ހެޔޮޢަމަލަކީ ﷲ ތަޢާލާއަށާއި އާޚިރަތް ދުވަހަށާއި ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމަށް އީމާންވުމުގެ މޭވާއެވެ. ހެޔޮ ޢަމަލުން ދައްކުވައިދެނީ އެމީހަކު ޤަބޫލުކުރާ އަދި ހިތުގައި ޤާއިމުކުރާ ކަންކަމުގެ އަމަލީ ސޫރައެވެ. އަދި އެއީ ހަމައެކަނި ﷲ ތަޢާލާ އާއި ގާތްވުމަށް އޮތް ވަސީލަތެއްވެސް މެއެވެ. އަދި އެއީ ނުބައި ޢަމަލުތައް ކައްފާރާކޮށް ފާފަ ފުއްސަވާ ސަބަބެއް ކަމަށާއި، އީމާންތެރިކަން އީމާންވެ ހެޔޮޢަމަލުތަކާ ގުޅުވައިދޭ މީހާއަށް ބޮޑު ކާމިޔާބީއެއް ލިބިފައިވާ ކަމެކެވެ.
އެގޮތުން ﷲ ތަޢާލާ ޢަޞްރު ސޫރަތުގައި ވަޙީ ކުރައްވާފައިވެއެވެ.
وَالْعَصْرِ ﴿١﴾ إِنَّ الْإِنسَانَ لَفِي خُسْرٍ ﴿٢﴾ إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ ﴿٣﴾
މާނައީ: "ޒަމާން ގަންދެއްވަމެވެ. (1) ހަމަކަށަވަރުން، އިންސާނާ ވަނީ، ގެއްލުމެއްގައިކަން ކަށަވަރެވެ. (2) إيمان ވެ صالح عمل ތައްކޮށް، އަދި އެކަކު އަނެކަކަށް حق އަށް وصية ކޮށް، އަދި އެކަކު އަނެކަކަށް ކެތްތެރިވުމަށް وصية ކޮށްއުޅުނު މީހުން މެނުވީއެވެ. (3)"
ހެޔޮ ޢަމަލުތައް ކުރާ މީހުންގެ މާތްކަމާއި ބެހޭގޮތުން ވަރަށް ގިނަ ކަންކަން ކީރިތި ޤުރްއާނާއި ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ގެ ޙަދީޘްފުޅުތަކުގައިވެއެވެ. އެހެންކަމުން އޭގެތެރއިން ބައެއް ކަންކަން ބަޔާން ކޮށްލާނަމެވެ.
· ހެޔޮ ޢަމަލުތަކުގައި ކެތްތެރިވެ އެކަމުގައި ދެމިހުރުމަކީ ވަރަށް މުހިއްމު ކަމެކވެ.
އެގޮތުން ﷲ ތަޢާލާ ކީރިތި ޤުރްއާނުގެ ނޫރު ސޫރަތުގެ 55 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
(وَعَدَ اللَّهُ الَّذِينَ آمَنُوا مِنكُمْ وَعَمِلُوا الصَّالِحَاتِ لَيَسْتَخْلِفَنَّهُمْ فِي الْأَرْضِ كَمَا اسْتَخْلَفَ الَّذِينَ مِن قَبْلِهِمْ وَلَيُمَكِّنَنَّ لَهُمْ دِينَهُمُ الَّذِي ارْتَضَىٰ لَهُمْ وَلَيُبَدِّلَنَّهُم مِّن بَعْدِ خَوْفِهِمْ أَمْنًا)
މާނައީ: "ތިޔަބައިމީހުންގެ ތެރެއިން إيمان ވެ، صالح عمل ތައްކޮށް އުޅުނުމީހުންނަށް، އެއުރެންގެ ކުރިން އުޅުނު މީހުން خليفة ވެރިކުރެއްވިފަދައިން، ހަމަކަށަވަރުން، އެއުރެން ބިމުގައި خليفة ވެރިކުރައްވާނެ ކަމަށާއި، އެއުރެންނަށްޓަކައި އެކަލާނގެ ރުއްސެވި އެއުރެންގެ دين، ހަމަކަށަވަރުން، އެބައިމީހުންނަށްޓަކައި تمكين ކުރައްވާނެ ކަމަށާއި، އެއުރެންގެ ބިރުވެރިކަމަށްފަހު، ހަމަކަށަވަރުން، أمان ކަމަކަށް އެއުރެން ބަދަލުކުރައްވާނެކަމަށް، اللَّه وعد ކުރައްވާފައިވެއެވެ."
· ﷲ ތަޢާލާ ގެ ޞާލިޙް އަޅުންނަށް ހިދާޔަތް ލިބިފައިވުމުގެ ސަބަބުން އެބައިމީހުން ސުވަރުގެ ވައްދަވާނެއެވެ. އަދި ސުވަރުގެގައިވާ ނިޢުމަތްތަކުގެ ސަބަބުން އެބައިމީހުން އުފާކުރާނެއެވެ.
އެގޮތުން ﷲ ތަޢާލާ ޔޫނުސް ސޫރަތުގެ 9 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ يَهْدِيهِمْ رَبُّهُم بِإِيمَانِهِمْ ۖ تَجْرِي مِن تَحْتِهِمُ الْأَنْهَارُ فِي جَنَّاتِ النَّعِيمِ ﴿٩﴾
މާނައީ: "ހަމަކަށަވަރުން، إيمان ވެ، صالح عمل ތައް ކުޅަމީހުންނަށް، އެއުރެންގެ إيمان ކަމުގެ ސަބަބުން، އެއުރެންގެ ވެރިރަސްކަލާނގެ އެއުރެންނަށް ތެދުމަގު ދައްކަވާނެތެވެ. نعمة ގެ ސުވަރުގެތަކުގައި، އެއުރެންގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނާނެތެވެ. (9)"
· ދުނިޔޭގައި ހެޔޮ ދިރިއުޅުމާއި ކުރިއަރައިދިޔުމަކީ ދިއުމަކީ ހެޔޮ ޢަމަލުތަކުގެ އެއް މޭވާއެވެ.
ﷲ ތަޢާލާ ނަޙްލު ސޫރަތުގެ 97 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
مَنْ عَمِلَ صَالِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً ۖ وَلَنَجْزِيَنَّهُمْ أَجْرَهُم بِأَحْسَنِ مَا كَانُوا يَعْمَلُونَ ﴿٩٧﴾
މާނައީ: "مؤمن އަކު ކަމުގައިވާ حال، ފިރިހެނުންގެ ތެރެއިންވިޔަސް، ނުވަތަ އަންހެނުންގެ ތެރެއިންވިޔަސް، صالح عمل އެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން، އެއުރެން عمل ކޮށް އުޅުނު އެންމެ ހެޔޮގޮތުގެ ދަރުމައިން، އެއުރެންނަށް، ތިމަންރަސްކަލާނގެ ޖަޒާ ދެއްވާހުށީމެވެ. (97)"
· ގިނަގިނައިން ހެޔޮ ޢަމަލު ކުރުމަކީ އިންސާނާ ގެއްލުމުން ސަލާމަތްކުރުމުގެ ވަސީލަތެކެވެ. އަދި ފާފަތަކާއި ނުބައި ޢަމަލުތައް ކައްފާރާއެކެވެ.
ﷲ ތަޢާލާ ކީރިތި ޤުރްއާނުގެ މުޙައްމަދު ސޫރަތުގެ 2 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَآمَنُوا بِمَا نُزِّلَ عَلَىٰ مُحَمَّدٍ وَهُوَ الْحَقُّ مِن رَّبِّهِمْ ۙ كَفَّرَ عَنْهُمْ سَيِّئَاتِهِمْ وَأَصْلَحَ بَالَهُمْ ﴿٢﴾
މާނައީ: "އަދި إيمان ވެ، صالح عمل ތައްކޮށް، އަދި محمد ގެފާނުގެ މައްޗަށް ބާވައިލެއްވި ފޮތް އެއީ، އެއުރެންގެ ވެރިރަސްކަލާނގެ حضرة ން އައި حق ބަސްފުޅުކަމަށް إيمان ވި މީހުން (ދަންނާށެވެ!) އެކަލާނގެ އެއުރެންގެ ކުށްފާފަތައް އެއުރެންގެ ކިބައިން ފުއްސަވައި، އަދި އެކަލާނގެ، އެއުރެންގެ حال ތައް إصلاح ކުރެއްވިއެވެ. (2)"
ދުނިޔޭގަ އުފާވެރިކަން ލިބުމާ ޤިޔާމަތްދުވަހު ސުވަރުގެ ލިނުން އޮތީ ހެޔޮ ޢަމަލުތައް ކުރުން ގިނަކުރެވުނު ވަރަކުން-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ