އެމީހެއްގެ ހިތް ކީރިތި ޤުރްއާނާއި ގުޅިފައިވާ މީހަކަށް ދާއިމީ ހިތާމައެއްގަ އުޅޭކަށް ނުޖެހޭނެ! ހިތްދަތިވާންޖެހުނަސް ދާދިއަވަހަށް ސަލާމަތްވެވޭނެ! އިން ޝާ ﷲ: މުފްތީ މެންކް

މީސްތަކުންނޭވެ! ކީރިތި ޤުރްއާނަކީ މީސްތަކުންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދޭ އެއްޗެއް ކަމުގައި ލެއްވެވުން އެދި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ދުޢާފުޅު ކުރައްވަވައިފައެވެ. އެހެންވީމާ މީސްތަކުންގެ ހިތްތަކަށް ކީރިތި ޤުރްއާނުން އުފާވެރިކަން ނުލިބިއެއް ނުދާނެއެވެ. އެއީ ޔަޤީންކަމެކެވެ. 
އެމީހެއްގެ ހިތް ކީރިތި ޤުރްއާނާއި ގުޅިފައިވާ މީހަކަށް ދާއިމީ ހިތާމައެއްގައި އުޅޭކަށް ނުޖެހޭނެއެވެ. ހިތްދަތިވާންޖެހޭ ޙާލަތެއް ކުރިމަތިވި ނަމަވެސް ދާދިއަވަހަށް ނެތި ފިލައިގެން ހިނގައިދާނެއެވެ. އެހިތާމައެއްގެ ސަބަބުން ހިތްދަތިކަންލިބި މީހާ ޣަރަޤްވެ އަޑިއަސްދާ ހާލަތަކަށް ކަންކަމެއް ނުދާނެއެވެ. އެއީ ކީރިތި ޤުރްއާނުގެ ބަރަކާތުންނެވެ. 
ބައެއް ގޭގޭގައި ފިތުފަސާދަ ފެތުރި ޢާންމުވެ އަބަދުވެސް ހަމަނުޖެހުމާއި ޒުވާބުކުރުމުގައި އުލެންޖެހޭ ނޫންހެއްޔެވެ؟ އެފަދަ ގެއެއްގެ ކަންކަން ރަނގަޅަށް ބަލާށެވެ. އެގެއެއްގެ އަހުލުވެރިންނަކީ ޤުރްއާން ކިޔަވާ ބައެއްތޯ ބަލާށެވެ! އެގެއެއްގައި އުޅޭ މީހުންނަކީ ކީރިތި ޤުރްއާން ކިޔަވާ ބައަކަށް ވެއްޖެނަމަ އެގެއަކުން ޝައިޠޯނާއަކަށް ޖާގައެއް ނުލިބޭނެއެވެ. އެފަދަ ގެތަކުގައި އޮންނާނީ ހަމަޖެހުމާއި އުފާވެރިކަމެވެ. 
މީހަކަށް ހިތްދަތިކަމާއި މުޞީބާތްތައް ކުރިމަތިވާނަމަ އެމީހަކީ ޤުރްއާނާއި ދުރުހެލިވެވިފައިވާ މީހެއްކަމުގައިވުމަކީ ވަރަށް ގާތް ކަމެކެވެ. 1 ޤުރްއާން ނުކިޔަވަނީއެވެ. 2 ތަޖްވީދުމަގުން ކިޔަވަން މަސައްކަތްނުކުރަނީއެވެ. 3 މާނަ ދަސްކުރަން މަސައްކަތްނުކުރެވެނީއެވެ. 4 ޤުރްއާނަށް ޢަމަލުކުރަން މަސައްކަތް ނުކުރެވެނީއެވެ. 5 ތިބާއަށް އެނގޭ މިންވަރުންވެސް ޤުރްޢާން ފަތުރަން މަސައްކަތް ނުކުރެވެނީއެވެ.   
މީސްތަކުންނޭވެ! ކީރިތި ޤުރްއާނަކީ އަހަރެމެންގެ ހިތްތައް އަލިކޮށްދޭ ނޫރެއް ކަމުގައި ލެއްވެވުމަށް ވެސް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ދުޢާފުޅުގައިވެއެވެ. ޤުރްއާނުގެ ނޫރު އެހިތެއްގައިވާ ހިތަކަށް ޝައިޠޯނާއަށް ވެރިވެއެއް ނުގަނެވޭނެއެވެ. 
ހިތަށް ޤުރްއާނުގެ ނޫރު ލިބުމުން މޫނު އުޖާލާވެގެންދާނެއެވެ. ހިތަށް ހަމަޖެހުމާއި އުފާވެރިކަން ލިބޭނެއެވެ. އެމީހަކަށް ދެއްވަވާ ރިޒުޤުގައި ބަރަކާތް ލައްވަވާނެތެވެ. ތިބާކުރާ މަސައްކަތުގައި ބަރަކާތް ލައްވަވާނެއެވެ. އިން ޝާ ﷲ
 
- މުފްތީ މެންކުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ