އޭސީސީގެ މެމްބަރު ހިލްމީގެ ސައިކަލަށް ބަޔަކު ގެއްލުންދީފި

އެންޓިކޮރަޕްޝަން ކޮމިޝަންގެ މެމްބަރު އަބުދުﷲ ހިލްމީގެ ސައިކަލަށް ބަޔަކު ގެއްލުންތަކެއްދީފިއެވެ.
ސީއެންއެމަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހިލްމީގެ ސައިކަލުގެ ކުރީ ފުރޮޅު ތޫނު އެއްޗަކުން ކަފާލާފައިވަނީ ވެލާނާގެ ކުރިމަތިން ހުރަވީ ބިލްޑިންގާއި ހުކުރު މިސްކިތާއި ދެމެދުގައި އޮންނަ ޕާކިން ޒޯނުގައި ޕާކްކޮށްފައި ހުއްޓައެވެ. ސީއެންއެމަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހިލްމީގެ ސައިކަލަށް ގެއްލުންދީފައިވަނީ މިހަފްތާގެ އާދިއްތަ ދުވަހުގެ ރޭއެވެ.
އެމައްސަލަ ފުލުހުންނަށް ހުށަހަޅައިގެން ތަހުގީގު ކުރުމަށް އޭސީސީންވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ