ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމްގެ ދެވަނަ ބުރުގެ ތަމްރީނު ފުރިހަމަކުރި 343 ދަރިވަރުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، މަރުހަބާ ވިދާޅުވެއްޖެއެވެ.
ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ފަހަރުގެ ބެޗުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ 112 ރަށަކުން ޒުވާނުން ބައިވެރިވި ކަމަށެވެ. އޭގެ ތެރޭގައި 280 ފިރިހެން ބައިވެރިންނާއި 63 އަންހެން ބައިވެރިން ހިމެނޭއިރު، މުޅި ޖުމްލަ ބައިވެރިންގެ ތެރެއިން 113 ކުދިންނަކީ 18 އަހަރުން ދަށުގެ ކުދިންކަމަށް ރައީސް ވިދާޅުވިއެވެ.
ބާކީ ތިބި 230 ބައިވެރިންނަކީ 18 އަހަރުން މަތީގެ ޒުވާނުންކަމަށް ރައީސް ވިދާޅުވިއެވެ.
”ވަތަނީ ހިދުމަތުގެ ދެވަނަ ބެޗުގެ ދަސްވެނިންނަށް މަރުހަބާ“ ރައީސް ވިދާޅުވިއެވެ.
ޅ. މާފިލާފުށީގައި ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރު ހަސަން ރަޝީދެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ވަތަނީ ހިދުމަތުގެ ޕްރޮގްރާމަށް އޮތް ތަރުހީބު އަހަރުން އަހަރަށް އިތުރުވަމުންދާ ކަމަށެވެ.
އޭނާ ވިދާޅުވީ މިދިޔަ އަހަރު 1،200 ކުދިން ކުރިމަތިލީ ނަމަވެސް، މި އަހަރު އެ އަދަދު 1،700 އަށް އަރާފައިވުމުން، އެއީ ބެލެނިވެރިންނާއި ޒުވާނުން އެފަދަ ތަރުބިއްޔަތަކަށް ބޭނުންވެފައިވާ މިންވަރު ހާމަވާކަމެއް ކަމަށެވެ.
ވަތަނީ ހިދުމަތުގެ ދެވަނަ ބެޗުގެ ދަސްވެނިންނަށް ރައީސްގެ މަރުހަބާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ