މެމްބަރު އިބްރާހީމު ރަޝީދު ދޫކޮށްލަން އަމުރުކޮށްފި

ކޯޓު އަމުރުގެ ދަށުން ފަސް ދުވަހަށް ގޭގައި ބަންދުކުރި ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމު ރަޝީދު ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލައިފިއެވެ.
ކްރިމިނަލު ކޯޓުން އޭނާ ދޫކޮށްލާފައިވަނީ ބަންދުގެ މުއްދަތު އިތުރު ކުރުމަށް މިއަދު ހާޒިރުކޮށް، ބަންދުގެ މުއްދަތު އިތުރުކޮށް ދިނުމަށް ފުލުހުން އެދިފައިވަނިކޮށެވެ.
ބޮންޑޭގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް އެދުމުން ކޯޓުން ބުނީ ބޮންޑޭ ބަންދުގައި އިތުރަށް ބަހައްޓަން ޖެހޭނެ ތަނެއް ނެތް ކަމަށެވެ.
ބޮންޑޭ ހައްޔަރުކޮށްފައިވަނީ އެމްޑީޕީން ބޭއްވި ސައިކަލް ބުރެއްގެ ތެރޭގައި ފުލުހަކަށް ހަމަލާދީކަން ބުނެ ކޯޓް އަމުރެއްގެ ދަށުންނެވެ. ފުލުހަކަށް ހަމަލަދިން ކަމަށް ބުނެ އޭނާ ހައްޔަރުކުރި، ފެބްރުއަރީ ހަތް ވަނަ ދުވަހު އޭނާއަށް ސަލާމަތީބާރުތައް ދިން އަނިޔާގެ މައްސަލަ ކުރިއަށް ނުދާކަމަށް ބުނެ އެމްޑީޕީން ވަނީ އެ މައްސަލަ ތަހުގީގު ކުރުމަށް ގޮވާލާފައެވެ.
ކޯޓުންވަނީ ބޮންޑޭ ފަސްދުވަހުގެ މުއްދަތަށް ގޭގައި ބަންދު ކުރުމަށް ވެސް އަމުރު ނެރެފައެވެ. އެއަމުރުގެ މުއްދަތު މިއަދު ހަމަވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ