ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުން ދާ ގަދަ ވިއްސާރައިގައި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހެމުންދާތީ، ހުވަދު އަތޮޅުން ފެށިގެން އައްޑުއާ ދެމެދުގެ ރަށްތަކަށް މިއަދު ޔެލޯ އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި އެންމެ ދެކުނުގެ ހަތަރު އަތޮޅަށް ޔެލޯ އެލާޓް ނެރެފައިވަނީ މިއަދުގެ 10:15 އިން 15:00 ގެ ނިޔަލަށެވެ. އޭގެ އިތުރުން ދެކުނުގެ އަތޮޅުތަކުން ފެށިގެން މެދުތެރޭގެ އަތޮޅުތަކާ ދެމެދަށް ވެސް ވިއްސާރަކޮށް ގުގުރުން އެކަށީގެން ވާތީ، އެ ސަރަހައްދަށް ވެސް މިއަދުގެ 10:55 އިން 14:00 ގެ ނިޔަލަށް ވަނީ ވައިޓް އެލާޓް ނެރެފަ އެވެ.
ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދަ އެރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް މެޓުން ބުނެ އެވެ.
އެ އިދާރާ އިން ބުނީ ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 7-17 މޭލުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި އެހެން ހިސާބުތަކަށް ގަޑިއަކު 13-23 މޭލުގެ ބާރުމިނުގަ ވައިޖެހޭ އިރު ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓުން ބުންޏެވެ.
މޫސުން ގޯސްވެ ދެކުނުގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ