ބޯކޮށް ވާރޭވެހި، ވައިގަދަވެ އަދި ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ، ރާއްޖޭގެ މޫސުން މިއަދު ގޯސް ވުމާއި ގުޅިގެން ވައިޓް އެލާޓެއް ވެސް މިހާރު ނެރިފައިވާ ކަމަށައި އެއެލާޓަކީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް އުދައަރާފާނެތީ ނެރިފައިވާ އެލާޓެއް ކަމަށެވެ. އަދި އެލާޓް ނެރިފައިވަނީ މިއަދު 11:30 އިން 4:00 އަށް ކަމަށް ވެސް މެޓް އޮފީހުން މައުލުމާތު ދެއެވެ.
ދެކުނާއި މެދުތެރޭގެ ބައެއް އަތޮޅުތަކަށް އުދައަރާނެ ކަމަށް މެޓް އޮފީހުން މިއަދު ބުނެފައިވާއިރު، އިއްޔެ ވެސް ދެކުނުގެ ވަރަށް ގިނަ ރަށްރަށަށް ވަނީ އުދައަރައިފައެވެ. އެގޮތުން އިއްޔެ އައްޑޫ ސިޓީގެ ފޭދު އަށާއި މަރަދޫ ފޭދޫ އަދި މަރަދޫއަށް ވެސް ވަނީ އުދައަރާފައެވެ. އަދި އުދައެރުމުގެ ސަބަބުން ގެއްލުންތައް ލިބެމުންދާ ފަރާތްތަކުން އެކަން ރިޕޯޓު ކުރުމަށް އައްޑޫ ސިޓީކައުންސިލުން ވަނީ ޚާއްސަ ނަމްބަރުތަކެއްވެސް ކަނޑައަޅާފައެވެ. އައްޑޫ ސިޓީގެ އިތުރުން ހުވަދު އަތޮޅުގެ ބައެއް ރަށްރަށްވެސް އިއްޔެ ވަނީ އުދަ އަރާފައެވެ.
މެޓް އޮފީހުން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރުތެރޭ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ގުގުރާނެ ކަމަށާއި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށްވެސް ލަފާކުރެވޭ ކަމަށެވެ. އަދި ވައިޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން މައުލުމާތު ދެއެވެ.
މީގެ އިތުރުން މެޓް އޮފީގުން ބުނީ މިއަދު ރާއްޖޭގެ ކަނޑުތަށް ގަދަވާނެ ކަަމަށެވެ.
މޫސުން ގޯސް، ސަމާލުވޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ