ބްރިޖުގެ މިލްކުވެރިންނަކީ ދިވެހި ރައްޔިތުންކަމަށާ ލޯނަށް އަދި ދަރަންޏަށް ޒިންމާވާންތިބީ ދިވެހި ރައްޔިތުންކަމަށް ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ސިނަމާލެ ބްރިޖް ރަސްމީކޮށް ހުޅުވުމާއި ދިމާކޮށް އަލީ ވަހީދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ބްރިޖުގެ މިލްކުވެރިންނަކީ ދިވެހި ރައްޔިތުންކަމަށެވެ. އަދި ލޯނާއި ދަރަންޏަށް ޒިންމާވާނީ ދިވެހި ރައްޔިތުންކަމަށް އެމަނިިކުފާނު ވިދާޅުވިއެވެ.
ސިނަމާލެ ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތަށް 46 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ސަރުކާރުން ނިންމާފައިވާތީ އެކަމަށް އިޝާރާތްކުރައްވާ އަލީ ވަހީދު ވިދާޅުވީ މިރޭގެ ވަގުތީ އުފަލަށް އިސްރާފުކޮށްލެވެނީ ދިވެހި ރައްޔިތުންގެ ފައިސާކަމަށެވެ.
އަދި ކިތަންމެ ވަރަކަށް ހަވާ އެރުވިޔަސް ދިވެހި ރައްޔިތުންނަށް ކުރި އަނިޔާ ހިތަކުން ނުފިލާނެކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. ދުނިޔޭގެ ރެކޯޑް އޮތް އެމެރިކާގެ ކުންފުންޏަކުން މިރޭ ހަވާއަރުވާއިރު، މިއީ މި ސަރަހައްދުގައިވެސް މިހާ ކުލަގަދަކޮށް ހަވާ އެރުވުމުގެ ކަންކަން ކުރިއަށްގެންދެވޭ ފުރަތަމަ ފަހަރުކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތަށް އެކަނިވެސް ބޮޑެތި ޚަރަދުތަކެއްކުރުމަށް ނިންމާފައިވާއިރު އަލީ ވަހީދު ވިދާޅުވީ މިއަދުވެސް ބޯފެނާއި، ނަރުދަމާ ނެތް ރަށްރަށައް ރާއްޖޭގައި ްއެބަހުރިކަމަށެވެ. އަދި ރައްޔިތުންގެ އަސަސީ މިފަދަ ކަންކަން ފުރިހަމަނުވެ ހުއްޓާ މިފަދަ ބޮޑު އިސްރާފެއް ކުޑަ ވަގުތުކޮޅެއްގެ އުފަލަކަށް ކުރުމަކީ ކަންބޮޑުވާކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ބްރިޖުގެ މިލްކުވެރިންނަކީ ދިވެހި ރައްޔިތުން: އަލީ ވަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ