ޓްރީޓޮޕްގެ އައިވީއެފް 100 ވަނަ ކުއްޖާ އުފަންވެއްޖެ

ޓްރީޓޮޕް ހޮސްޕިޓަލުން ދިން އައިވީއެފްގެ ހިދުމަތުން ލިބުނު 100 ވަނަ ކުއްޖާ މިއަދު އުފަން ވެއްޖެ އެވެ.
ވީ ކިހިނެއް؟- ރާއްޖޭގެ ފުރަތަމަ ފާޓިލިޓީ ކްލިނިކާ އެކު ޓްރީ ޓޮޕް ހޮސްޕިޓަލުން އައިވީއެފްގެ ފަރުވާ ފެށީ މެއި 2023ގަ އެވެ. އޭގެ ފަހުން މިހާތަނަށް ވަނީ، ދަރިއެއްގެ އުއްމީދުގައި ތިބި ގިނަ ބަޔަކަށް ހިނިތުންވުން ގެނެސްދީފަ އެވެ.
ސަތޭކަ ވަނަ ކުއްޖާއާ އެކު ޓްރީޓޮޕުން ވަނީ އެކަމުގެ އުފާ ފާޅުކޮށްފަ އެވެ.
އެތަނުން ބުނިގޮތުގައި މިއީ، އުންމީދާއި ހިތްވަރާއި ލޯތްބާއި އަދި އާ ފެށުންތަކުން ފުރިގެންވާ 100 ރީތި ދަތުރެވެ. އެކަން ހޮސްޕިޓަލުން ސިފަކުރީ، ހަގީގަތަކަށްވި 100 ހުވަފެނުގެ ގޮތުގަ އެވެ.
ޓްރީޓޮޕުން ވަނީ
ދިރިއުޅުމުގެ އެންމެ އަސަރުގަދަ މި ދަތުރުގައި އެ ހޮސްޕިޓަލަށް އިތުބާރުކުރީތީ ޝުކުރު އަދާކޮށްފަ އެވެ. އަދި އެ ހިދުމަތުގައި ހިތްވަރު ހޯދަނީ، ދަރިއަކަށް އެދި ފަރުވާ ހޯދާ ކޮންމެ ދެމަފިރިއެއްގެ ހިތްވަރާއި އުއްމީދުން ކަމަށް ވެސް ބުންޏެވެ.
ޓްރީޓޮޕްގެ އައިވީއެފް ޕްރޮގްރާމް، ފެށުނީއްސުރެ ވަރަށް ކާމިޔާބެވެ. އެގޮތުން އެމްބްރިޔޯ ޓްރާންސްފާ ހެދި ފުރަތަމަ 10 މީހުންގެ ތެރެއިން ހަ މީހުން މާބަނޑުވި އެވެ. 
ޓްރީޓޮޕުން އައިވީއެފްގެ ފަރުވާ ހޯދި ފުރަތަމަ އަންހެން މީހާ ވިހެއީ މޭ 2024 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ