ދީނީ އުސޫލުތައް ހިފެހެއްޓުމަށް ރައީސްގެ އަނބިކަނބަލުން އިލްތިމާސް ކުރައްވައިފި ބޭހަށް ނުގުޑާ ބަލިތަކުން ސަލާމަތްވުމަށް ގުޅިގެން މަސައްކަތްކުރަން މެޑަމް ސާޖިދާ ގޮވާލައްވައިފި މޫސާ ރަމީޒުގެ އާއިލާއަށާއި ށ. އަތޮޅު ރައްޔިތުންނަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ފުޓްބޯޅައަކީ ހަމައެކަނި ކުޅިވަރެއް ނޫން ކަމަށާއި، އެއީ މުޖުތަމައުގެ ތަފާތު އުމުރުފުރާތަކުގެ މީހުން އެއްބައިވަންތަކޮށްދީ، ދުޅަހެޔޮ އަދި އުފާވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދޭ ކުޅިވަރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. ދުނިޔޭގެ ފުޓްބޯޅަ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އެކަމަނާ ވަނީ ފުޓްބޯޅައަކީ ދިވެހި ރައްޔިތުންގެ ހިތްތަކާ ނުހަނު ބޮޑަށް ގުޅިފައިވާ ކުޅިވަރެއްކަން ފާހަގަކުރައްވާފައެވެ.
ފުޓްބޯޅައިގެ ތެރެއިން ލިބޭ މުހިންމު ފިލާވަޅުތަކަށް އަލިއަޅުއްވައިލައްވަމުން ސާޖިދާ ވިދާޅުވީ، މި ކުޅިވަރުގެ ސަބަބުން ރިވެތި އަހުލާގާއި، ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރުމުގެ ރޫހު އަދި ގަވާއިދުތަކަށް ތަބާވުމުގެ މުހިންމުކަން ކުޅުންތެރިންނަށް ދަސްވެގެންދާ ކަމަށެވެ. އެކަމަނާ ސިފަކުރެއްވި ގޮތުގައި ފުޓްބޯޅައަކީ ހަމައެކަނި ކުޅުންތެރިން ބިނާކުރާ ކަމެއް ނޫނެވެ؛ އެއީ ޒިންމާދާރުކަމާއެކު ހަމަހަމަކަމަށް ލޯބިކުރާ ރައްޔިތުންތަކެއް ބިނާކުރުމަށް އެހީތެރިވެދޭ ވަސީލަތެކެވެ.
ފުޓްބޯޅަ ދުވަހުގައި އެކަމަނާގެ އެންމެ ބޮޑު އުންމީދަކީ، މިފަދަ ކުޅިވަރުތަކުގެ ޒަރީއާއިން މުޖުތަމައުގައި ސުލްހަވެރިކަން ގާއިމުކޮށް، ގުޅުންތައް ބަދަހިކުރުމެވެ. އަދި މި ކުޅިވަރުގެ ސަބަބުން ގައުމުގެ ޒުވާނުންނަކީ ބޮޑެތި ކާމިޔާބީތަކަށް އުންމީދު ކުރާ ބަޔަކަށްވެ، ހުރިހާ އެންމެންނަށް ދެމެހެއްޓެނިވި ގޮތެއްގައި ފާގަތި މުސްތަގުބަލެއް ބިނާވެގެން ދިއުމަށް ސާޖިދާ އެދިވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ