ރާއްޖޭން މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަ އެންމެން ވެސް، މިރޭ އަރަފާތު ބިމަށް ދާން ދަތުރު ފަށާނެ ކަމަށް ހައްޖު މިޝަން އިން ބުނެފި އެވެ.
ވީ ކިހިނެއް؟- ދިވެހި ހައްޖާޖީންގެ ހުރިހާ ކަމެއް ބަލަހައްޓާ ހައްޖު މިޝަން އިން ބުނިގޮތުގައި ހައްޖުވެރިން ދަތުރަށް ފެށީ މިރޭ ނުވައެއް ޖަހާކަންހާއިރު އެވެ. އެ މީހުން އެންމެ ފަހުން ތިބީ މުޒްދަލިފާގަ އެވެ. އެއީ މިނާ އާއި އަރަފާތު ބިމާ ދެމެދު އޮންނަ ސަރަހައްދެކެވެ.
މާދަމާގެ ހުރިހާ ވަގުތެއް ހައްޖުވެރިން ހޭދަކުރާނީ، އަރަފާތު ބިމުގަ އެވެ. ހައްޖު ދުވަސް ނިސްބަތްވަނީ އަރަފާތު ބިމުގައި އެ ފުރިހަމަކުރާ އަޅުކަމަށެވެ.
ރާއްޖޭން މި އަހަރު ހާހެއްހާ ދިވެހިން ހައްޖުގެ އަޅުކަން އަދާކުރެ އެވެ.
ސައުދީ އަރަބިއްޔާއިން ބުނި ގޮތުގައި ބޭރު ގައުމުތަކުން 1.5 މިލިއަނަށް ވުރެ ގިނަ ހައްޖުވެރިން ވަނީ އައިސްފަ އެވެ. ސައުދީގެ ހައްޖުވެރިންނާ އެކު މި އަހަރުގެ ޖުމްލަ އަދަދު 1.6 މިލިއަނަށް ވުރެ ގިނަވާނެ ކަމަށް ލަފާކުރެވެ އެވެ.
ދިވެހި ހައްޖުވެރިން އަރަފާތު ބިމަށް ދިޔުމަށް ދަތުރު ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ