އުންމީދުގެ 100 ހިނިތުންވުން: ޓްރީ ޓޮޕް ފާޓިލިޓީ ސެންޓަރުގެ ތާރީހީ ކާމިޔާބީ ފާހަގަކޮށްފި

ދިވެހި އެތައް އާއިލާއެއްގެ ދިގު އިންތިޒާރަށް ނިމުންގެނެސް، އުންމީދުގެ އާ ބާބެއް ލިޔެދެމުންދާ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފާޓިލިޓީ ސެންޓަރުން ރާއްޖޭގެ ސިއްހީ ދާއިރާގައި ރަންއަކުރުން ފަވާލެވޭނެ ބޮޑު ކާމިޔާބީއެއް މިއަދު ފާހަގަކޮށްފި އެވެ.
އެ ސެންޓަރުގައި ދެވުނު އައިވީއެފް އަދި އައިޔޫއައި ފަރުވާއަށް ފަހު، ކާމިޔާބުކަމާއެކު 100 ވަނަ ކުއްޖާ އުފަންވުމުގެ އުފާވެރި މުނާސަބަތު އެ ހޮސްޕިޓަލުން ވަނީ ކުލަގަދަކޮށް ފާހަގަކޮށްފައެވެ.
މިއީ ރާއްޖޭގައި ދަރިމައިވުމުގެ ފަރުވާ  ހޯދަމުންދާ އަދި ހޯދަން ބޭނުންވާ ފަރާތްތަކަށް ލިބުނު ވަރަށް ބޮޑު އުފަލަކާއި ހިތްވަރެކެވެ.
މެއި 29، 2023 ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ރާއްޖޭގައި އެންމެ ފުރަތަމަ ފަހަރަށް އައިވީއެފް ހިދުމަތް ތައާރަފުކުރި ފަހުން، މިވީ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ސެންޓަރުން ވަނީ ދިވެހިންގެ ދިރިއުޅުމަށް ބޮޑު ބަދަލެއް ގެނެސްދީފަ އެވެ. މީގެކުރިން މިފަދަ ފަރުވާތަކަށް މާލީ ގޮތުންނާއި ނަފުސާނީ ގޮތުން ބޮޑެތި ތަކުލީފުތަކެއް އުފުލައި، ރާއްޖޭން ބޭރަށް ދާންޖެހުނު ދެމަފިރިންނަށް މިއަދު އަމިއްލަ ގައުމުގައި، އާއިލާގެ ކައިރީގައި ތިބެގެން މި ފަރުވާ ހޯދުމުގެ މަގު ވަނީ ފަހިވެފައެވެ.
ސަތޭކަ ވަނަ ކުއްޖާ އުފަންވުމަކީ ހަމައެކަނި އަދަދެއް، ނަންބަރެއް ނޫނެވެ. އެއީ ޓްރީ ޓޮޕް ހޮސްޕިޓަލަށް އިތުބާރު ކުރި 100 އާއިލާގެ އުއްމީދުތައް ހަގީގަތަކަށްވެގެން ދިޔުމުގެ ރަމްޒެކެވެ.
އެ އާއިލާތަކަށް ގެނެސްދިން ގުނާ އަދަދު ނުކުރެވޭނެ އުފާވެރިކަމާއި ހިނިތުންވުމަކީ އެ ސެންޓަރުގެ ހުނަރުވެރި ސްޕެޝަލިސްޓުންނާއި، އެމްބްރިއޮލޮޖިސްޓުންނާއި، ނަރުހުންގެ އިތުރުން މުޅި ޓީމުގެ އިހުލާސްތެރި ބުރަ މަސައްކަތުގެ ފޮނި ނަތީޖާއެވެ.
މި ތާރީހީ ކާމިޔާބީއާ ގުޅޭގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފާޓިލިޓީ ސެންޓަރުގެ ދަރިމައިވުމުގެ މައްސަލަތަކަށް ހާއްސަ ޑރ. އަނީތާ ގޯރު ވިދާޅުވީ މިހެންނެވެ؛
"100 ކުދިން އުފަންވުމަކީ މުޅި ޓީމަށާއި ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ފަހުރެއް. ކޮންމެ ކާމިޔާބު ވާހަކައެއްގެ ފަހަތުގައި ވަނީ ދަރިއަކު ހޯދުމަށް ދެކެމުން އައި ހުވަފެން ހަގީގަތަކަށް ވީ އާއިލާއެއް. މިފަދަ މުހިންމު ދަތުރެއްގެ ބައިވެރިއަކަށް ވުމަކީ އަޅުގަނޑުމެންނަށް ލިބޭ ބޮޑު ޝަރަފެއް."
ޓްރީ ޓޮޕް ފާޓިލިޓީ ސެންޓަރުގެ މި ހަލުވި ކުރިއެރުމާއި ކާމިޔާބީ ބިނާވެފައިވަނީ ބައިނަލްއަގުވާމީ ފެންވަރުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމެއްގެ މައްޗަށެވެ. މީގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، ޑަރ. އަނީތާގެ އިތުރުން ޑރ. ޒަކަރިއްޔާ އަހުމަދު އަދި ޑރ. ވަރުޝާ ރެންގަރާޖު އެވެ. 
ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި މި ސެންޓަރުން ވަނީ އައިވީއެފް އަދި އައިޔޫއައި ގެ އިތުރުން، ދަރިމައިވުމާ ގުޅޭ ހާއްސަ ތަހުލީލުތަކާއި، ކޮންމެ ބަލިމީހަކަށް ވަކިން ފަރުމާކުރެވޭ ހާއްސަ ފަރުވާގެ ޕްލޭންތައް ތައާރަފުކޮށް ގުދުމަތްތައް އިތުރަށް ފުޅާކޮށްފައެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނި ގޮތުގައި، އެ ހޮސްޕިޓަލުގެ އަބަދުގެވެސް އަމާޒަކީ އެންމެ ޒަމާނީ ވަސީލަތްތަކާއި ސައިންޓިފިކް އައު ހޯދުންތަކުގެ އަލީގައި، އޯގާތެރިކަމާއެކު މި ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. އަދި އާއިލާއެއް ބިނާކުރުމުގެ މި މުހިންމު ދަތުރުގައި އެ ހޮސްޕިޓަލަށް އިތުބާރުކުރި ހުރިހާ އާއިލާތަކަށް ހޮސްޕިޓަލުގެ ފަރާތުން ހާއްސަ ޝުކުރެއް އަދާކުރެއެވެ.
އެ ހޮސްޕިޓަލްގެ އުންމީދަކީ ކުރިއަށް އޮތް ތަނުގައިވެސް މިއަށްވުރެ ގިނަ އާއިލާތަކެއްގެ ހުވަފެންތަކުގައި ކުލަޖައްސައިދީ، ގޭގެއަށް އުފާވެރިކަން ގެނެސްދިނުމުގައި ދެމިތިބުމެވެ. 
މައުލޫމާތު ހޯދުމަށް:
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފާޓިލިޓީ ސެންޓަރުގެ ޚިދުމަތްތަކާ ގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް 3351610 އަށް ގުޅުއްވުން ނުވަތަ care@treetophospital.com އަށް އީމެއިލް ކުރައްވާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ