ލ. ގަމު ސިނާއީ ސަރަހައްދުން ގަވައިދާ ހިލާފަށް ގޯތި ވިއްކައިގެން ލިބުނު ފައިސާ ބޭނުން ކުރި ކަމަށް ބުނާ މައްސަލައެއް ގައި އެ ރަށު ކައުންސިލްގެ ފުރަތަމަ ދައުރުގެ ރައީސް އާއި ސީނިއާ މުނިސިޕަލް ސާވިސް އޮފިސަރުގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
މައްސަލަ ތަހުގީގު ކުރުމަށް ފަހު އޭސީސީން ބުނެފައިވަނީ އެކަން ކޮށްފައިވަނީ ބައެއް ކައުންސިލަރުންނާއި އެ އިދާރާގެ މުވައްޒަފުންތަކެއް ގުޅިގެން ކަމަށެވެ. މި މައްސަލައިގަ ޒިންމާވާން ޖެހޭ ކައުންސިލްގެ ކުރީގެ ރައީސާއި ސީނިއާ މުނިސިޕަލް ސާވިސް އޮފިސަރު ވަނީ 12 ގޯއްޗެއް ގަވައިދާ ހިލާފަށް ވިއްކާފައި އެވެ.
އެ ގޯތިތައް ވިއްކި މީހުންނަށް ދޫކޮށްފައިވަނީ ސައްހަ ނޫން ގޯތީގެ ރަޖިސްޓްރީ އެއް ކަމަށާއި، ކުރީގެ ލ. އަތޮޅު އޮފީހުގެ ލިޔެކިޔުންތައް ދައްކާގޮތުން އެ 12 ފަރާތަށް އެއްވެސް އިރެއްގައި ގަމު ސިނާއީ ސަރަހައްދުން ގޯތި ލިބިފައި ނުވާ ކަމަށެވެ. ތަހުގީގަށް އެނގުނު ގޮތުގައި އެ 12 ގޯތީގެ ރަޖިސްޓްރީގައި ސޮއި ކޮށްފައިވަނީ ކައުންސިލްގެ އޭރުގެ ރައީސް އާއި ސީނިއާ މުނިސިޕަލް އޮފިސަރު ކަމަށް އޭސީސީން ބުނެފައިވެ އެވެ.
އަދި ސައްހަ ނޫން ގޯތީގެ ރަޖިސްޓްރީތައް މޯލްޑިވިއަންގެ ގާގޯ ހިދުމަތް މެދުވެރިކޮށް ގޯތި ވިއްކި ފަރާތްތަކަށް ފޮނުވާފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އަދި އެ ރަޖިސްޓްރީތައް ލިބުނު މީހުން ކައުންސިލްގެ ކުރީގެ ރައީސް އާއި ސީނިއާ މުނިސިޕަލް އޮފިސަރުގެ އެކައުންޓަށް ބޮޑެތި އަދަދުތަކުން ފައިސާ ޖަމާކޮށްފައިވާކަން އެ ދެމީހުންގެ ބޭންކް ސްޓޭޓް މެންޓުތަކުން އެނގޭ ކަމަށް ބުނެފައިވެ އެވެ.
ގަމުން ގޯތި ވިއްކައި، ފައިސާ ބޭނުން ކުރި މައްސަލައެއްގަ ދައުވާ ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ