ޕެޑެއްގައި ޑްރަގް ގެނައި މީހާ ދުލެއް ނުކުރި، އެއާ ހަވާލުވި މީހާ ވެސް ހޯދައިފި

ރާއްޖެއަށް އައި އިރު ޕެޑެއްގެ ތެރޭގައި މަސްތުވާތަކެތި ގެނައި މައްސަލާގައި ހައްޔަރުކުރި އަންހެން މީހާ ބަންދުން ދޫނުކޮށް އިއްޔެ ބަންދަށް 15 ދުވަސް އިތުރުކޮށްފި އެވެ.  
މި މައްސަލާގައި ހައްޔަރުކޮށްފައިވާ މއ. މޯނިން ވިއު، އާމިނަތު ޝަފަގު، 32،  އެކަން ކުރީ އެހެން މީހެއްގެ އިރުޝާދަށް ކަމަށް ބެލެވޭ ކަމަށާއި އޭނާ އެ ތަކެތި ރައްދުކުރަން ބުނި މީހާ ވެސް ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގައި ހޯދާފައިވާކަން ކޯޓު އަމުރުން އެނގެ އެވެ. 
މިދިޔަ އޭޕްރީލް މަހު ފަހުކޮޅު ހައްޔަރުކުރި ޝަފަގު އޭރުއްސުރެ ހުރީ ބަންދުގަ އެވެ. ޝަފަގުގެ ބަންދަށް 15 އިތުރުކޮށް  ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނީ އެ މައްސަލައިގެ ހެކީގެ ގޮތުގައި ކަސްޓަމްސް އިން ތަހުގީގުކުރުމަށްޓަކައި ފުލުހުންގެ ހިދުމަތަށް މީހުންނާއި ތަކެތި ހަވާލުކޮށްފައިވާ ކަަމަށެވެ. އަދި ޓްރޯލް ޑެލިވަރީ އޮޕަރޭޝަން ހިންގުމުގެ ހުއްދަ އާއި ފުލުހުންގެ ބަޔާން ވެސް ހުށަހަޅާފައިވާ ކަމަށް ބުންޏެވެ. 
އަމުރުގައިވާ ގޮތުން އޭނާ ލައިގެން ހުރި ޖިންސާއި ހަށިގަނޑާ ދޭތެރެއިން ދެ ޕެޑް ނަގައި ދިނުމުން ބަލައި ފާސްކުރި އިރު މި ދެ ޕެޑު ދޭތެރޭގައި ފޮރުވާފައި އޮތް ޕްލާސްޓިކް ކޮތަޅެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ހުރި 30 ރަބަރު ކޮތަޅު ފެނިފައިވެ އެވެެ. ކޮންޓްރޯލް ޑެލިވަރީގެ ބޭނުމަށް އެ ތަކެތި ސަބްސްޓިޓިއުޓް ބޭނުންކޮށްފައިވާ ކަމަށާއި އެ ތަކެތި އެތެރެކުރުމުގައި އޭނާއާ އެކު ބައިވެރިވި ފަރާތުން ދިން އިރުޝާދާ އެކު އެ ފެނިފައިވާ ތަކެތި އެހެން ފަރާތަކަށް ހަވާލުކުރި ކަމަށް އަމުރުގައިވެ އެވެ. 
މަސްތުވާތަކެތީގެ ތަހުލީލީ ނަތީޖާ ދައްކާ ގޮތުން ޑައިމޯފިނަށް ޕޮޒިޓިވްވި ތަކެތީގެ ބަރުދަނުގައި 29.19 ގްރާމް ހުއްޓެވެ. ކުޑަކަމުދާ ތަކެތި ވެސް ބެންޒޯޑާއިޒީޕައިން އާއި ކެނަބިސް އަށް ޕޮޒިޓިވްވެފައިވެ އެވެ. 
އޭނާ ޝަރުތުތަކަކާ އެކު ދޫކޮށްލުމަށް ދިފާއީ ވަކީލުން އެދިފައިވިޔަސް އޭނާއަކީ އެ މައްސަލާގައި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި މީހާ ކަމަށް ވާތީ އޭނާ މިވަގުތު ޝަރުތުތަކާ އެކު ދޫކޮށްލުމަށް ކޯޓުން ވަނީ އިއުތިރާޒުކޮށްފަ އެވެ. 
The most trusted news source in the Maldives
ހައްޔަރުކުރި މީހާ އަކީ ނަފްސާނީ އެކި ބަލިތައް ތަހަންމަލްކުރާ މީހެއް ކަމަށް އޭނާގެ ވަކީލް ކުރިން  ކޯޓުގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ