ކޯލިޝަން ރޫޅޫނަ ނުދީ ބޭއްވުމަކީ އެންމެންގެ ގައުމީ ވާޖިބެއް - މައުމޫން

ކޯލިޝަން ރޫޅޫނަ ނުދީ ބޭއްވުމަކީ އެންމެންގެ ގައުމީ ވާޖިބެއް ރައީސް މައުމޫނު އަބްދުލް ގައްޔޫމު ވިދާޅުވެއްޖެއެވެ.
ޕާޓީ މަސްލަހަތަަށް ވުރެ ގައުމީ މަސްލަހަތު އިސްކުރައްވައި ކޯލިޝަން ރޫޅުނަ ނުދިނުމަށް މަސައްކަތް ކުރުމަށް އެދި މައުމޫނު ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަތަރު ޕާޓީ ގުޅިގެން ކޯލިޝަނެއް އުފެއްދީ އިންސާފުވެރި ހެޔޮވެރިކަމެއް ގާއިމްކޮށް، ރައްޔިތުންގެ އުއްމީދުތައް ހާސިލްކޮށް ދިނުމަށް ކަމަށެވެ.
"ވީމާ އަޅުގަނޑުމެން އެއްމެންވެސް ޕާޓީ މަސްލަހަތަށްވުރެ ގައުމީ މަސްލަހަތު އިސްކުރުމަށް އަޅުގަނޑު ނުހަނު އިހްލާސްތެރިކަމާއެކު ގޮވާލަން" ރައީސް މައުމޫނު ވިދާޅުވިއެވެ.
މައުމޫން ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ ކޯލިޝަން ރޫޅޫނަ ނުދީ ބޭއްވުމަކީ އެންމެންގެ ގައުމީ ވާޖިބެއް ކަމަށެވެ. އަދި އެކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ހަތަރު ލީޑަރުންގެ މަސްއޫލިއްޔަތު ވަރަށް ބޮޑު ކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
ސަރުކާރު ހިންގާ ކޯލިޝަންގެ ޕާޓްނަރ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވީ އެމްޑީޕީއަށް ވެރިކަން ލިބުމުން ޖޭޕީ މަގުމައްޗަށް ނެރެ އެއްލާލާފައި ވާތީ ޖޭޕީ އާއި ގުޅިގެން މަޖިލީހަށް ކުރިމަތިލުމަށް ހުރިހާ ބަޔަކާއި ވާހަކަ ދައްކަން ޖޭޕީ ތައްޔާރު ކަމަށެވެ.
"ޖޭޕީއަށް މި ޖެހުނީ މިފަހަރު ވެސް ސަލާން ޖަހަން، މަޖިލީހުގެ ގޮނޑިތައް ކުރިމަތިލުމުގައި ޖޭޕީއާއެކު ގުޅިގެން މަޖިލީހުގެ ގޮނޑިތަކަށް ކުރިމަތިލުމަށް ހުރިހާ ބަޔަކާ ވާހަކަ ދައްކަން ޖޭޕީ ތައްޔާރުވެއްޖައީން،" ގާސިމް ވިދާޅުވި އެވެ.
ގާސިމް އިތުރަށް ވިދާޅުވީ، ޖޮއިންޓް ޕާލިމަންޓްރީ ގުރޫޕު އެމްޑީޕީން ރޫޅާލާނެ ކަމަށް ބުނުމުން ހައިރާން ނުވާ ކަމަށެވެ. އެއީ މިހާރު ވެސް އޮތް އެއްޗެއްތޯ ވިދާޅުވެ ގާސިމް ވަނީ ސުވާލު ވެސް އުފައްދަވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ