ދިވެހިރާއްޖޭގެ ރައްޔިތުން ޖަލުތަކަށް ވަނުމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު މުސްޠަފާ ގޮވާލައްވައިފިއެވެ.
އިދިކޮޅު ފަރާތްތަކުން އެމްޑީޕީ ހަރުގެ ސަރަޚައްދުގައި ކުރަމުންދާ މުޒާހަރާގައި ބައިވެރިވެވަޑައިގެން ރާއްޖެޓީވީއަށް ދެއްވި އިންޓަރވިއުއެއްގައި މުސްޠަފާ ވިދާޅުވީ ދިވެހި ރައްޔިތުން ޖަލުތަކަށް ވަދެގެންވެސް ވެރިކަން ބަދަލުކުރަންޖެހޭކަމަށެވެ.
މުސްޠަފާ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރުމަކީ ޤާއުމީ އަދި ޤާނޫނީ ވާޖިބަކަށް ވެފައިވާކަމަށެވެ. އެހެން ދުވަސްތަކެކޭވެސް އެއްފަދައިން މިއަދުވެސް މުސްޠަފާ ވަނީ ސުޕްރީމް ކޯޓުން މިމަހު 1 ވަނަ ދުވަހު ނެރުނު ޤާނޫނާ ޚިލާފުކަމަށް ގިނަ ބަޔަކު ބުނަމުންދާ ހުކުމް ތަންފީޒުކުރުމަށް ގޮވާލައްވާފައެވެ.
މީގެ ކުރިންވެސް މުސްޠަފާ ވަނީ މަގުމައްޗަށް ނިކުމެ ޤާނޫނީ ސަރުކާރު ވައްޓާލުމަށް ތަކުރާރުކޮށް ގޮވާލައްވާފައެވެ. މިރޭވެސް މުސްޠަފާ މިވާހަކަ ތަކުރާރު ކުރެއްވިއެވެ.
އިދިކޮޅު ފަރާތްތަކުން މިއަދު ބޮޑު މުޒާހަރާއެއް ބޭއްވުމަށް ތައްޔާރުވެފައިވަނިކޮށް އެމުޒާހަރާ ކެންސަލްކޮށް ވޯމްއަޕް އެއްވުމުގެ ނަމުގައި މިއަދު މުޒާހަރާކުރީ، މަޢުލޫމާތު ލިބޭގޮތުގައި ރައްޔިތުންގެ ތާޢީދެއް ނުލިބުމުންނެވެ.
ރައްޔިތުން ޖަލުތަކަށް ވަންނަން މުސްޠަފާ ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ