ތަރައްޤީ އަކީ ފައިސާ ފޮތީގެ އެއް ފުށް ކަމުގައި ވާނަމަ، އަނެއް ފުށަކީ ރައީސް ޔާމީންގެ ސިއްކަ- ރައީސް
ތަރައްޤީ އަކީ ފައިސާ ފޮތީގެ އެއް ފުށް ކަމުގައި ވާނަމަ، އަނެއް ފުށަކީ އެމަނިކުފާނުގެ ސިއްކަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.ގއ.ކޮނޑޭ ބަނދަރުގައި ހުޅުވާދެއްވުމަށްފަހު، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލް ޤައްޔޫމް އެރަށުގެ ރައްޔިތުންނާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ތަރައްޤީއާއި އެކުގައި ނޫނީ ޤައުމު ކުރިއަކަށް ނުދާނެ ކަމަށާ، ކުޑަ ރަށަކަށް ވިޔަސް، ބޮޑު ރަށަކަށް ވިޔަސް އެރަށެއްގައި ދިރިއުޅޭ ރައްޔިތުންގެ އުއްމީދުތަކެއް ހުންނާނެ ކަަމަށެވެ. އަދި ދިވެހި ޒުވާނުންނަކީ ކޮންމެ ގޮތެއް ވަރިހަމަވާނެ ބައެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ތަރައްޤީ ގެނައުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަަސައްކަތް ބާރު ދުވެލީގައި ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ތަރައްޤީ އަކީ ފައިސާ ފޮތީގެ އެއް ފުށް ކަމުގައި ވާނަމަ، އަނެއް ފުށަކީ އެމަނިކުފާނުގެ ސިއްކަ ކަމަށެވެ."ތަރައްޤީ ނޫން ގޮތަކަށް މި ޤައުމު ކުރިއަކަށް ނުދާނެ. ތަރައްޤީ އަކީ ފައިސާ ފޮތީގެ އެއް ފުށް ކަމުގައި ވާނަމަ، އަނެއް ފުށަކީ ރައީސް ޔާމީންގެ ސިއްކަ" ރައީސް ވިދާޅުވިއެވެ.އެ ޖަލްސާގައި ރައީސް ޔާމީންގެ ދެވަނަ ދައުރުގެ މެނިފެސްޓޯއަށް އަލިއަޅުވާލައްވަމުން އެމަނިކުފާނު ވިދާޅުވީ އެ މެނިފެސްޓޯ ތައްޔާރުކުރުމަށް އެއް އަހަރަށް ވުރެން ގިނަ ދުވަސް ނެގި ކަމަށާ، މެނިފެސްޓޯގައި ހިމަނާފައިވާނީ އިއްޔެ ހުވަފެނުން ފެނުނު ކަންތައްތަކެއް ނޫން ކަމަށެވެ. އަދި ކަމެއް ކުރަން އިއުލާން ކުރާއިރު، އެކަމެއް ކުރާނެ ގޮތުގެ ޕްލޭން އެއް އޮވެގެން ކުރިއަށް ދިއުމަކީ މުހިއްމު ކަމެއް ކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އިދިކޮޅުން ތަރައްޤީގެ ވާހަކަ ދައްކާއިރު، އިދިކޮޅުގެ މެނިފެސްޓޯގައި ތަރައްޤީގެ އެއްވެސް ވާހަކައެއް ގެނެވިފައި ނުވާކަމަށެވެ.ރައީސް އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެމަނިކުފާނުގެ ސިޔާސަތަކީ ތަރައްޤީ ކަމަށާ، މި ސަރުކާރުން މުޅި ރާއްޖެ ތަރައްޤީ ކުރަމުންދަނީ، ރައްޔިތުން ޚިދުމަތް ބޭނުންވަނީ ހަމައެކަނި މާލެއިން ނޫންކަން އެނގި ތިބެގެން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ