އައްސޭރި ޖަލުގެ އާ ބަދިގޭގެ ބިންގާ އެޅުމަށް ރަސްމިއްޔާތެއް ބާއްވައިފި

ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި އާ ބަދިގެއެއް އެޅުމަށްޓަކައި ބިންގާ އެޅުމުގެ ރަސްމިއްޔާތެއް ބާއްވައިފި އެވެ. 
އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އައްސޭރި ޖަލުގެ އާ ބަދިގޭގެ ބިންގާ އަޅުއްވައިދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާން އާއި ޕްރިޒަންސް ކޮމިޝަނަރު ހަސަން ޒަރީރު އެވެ. 
އެ ރަސްމިއްޔާތުގައި ކަރެކްޝަންސްގެ އިސް އޮފިސަރުންނާއި، ފުލުހުންނާއި އިމިގްރޭޝަންގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަތެވެ. 
އޭގެ އިތުރުން، އައްސޭރި ޖަލުގެ އާ އޮފީސް ވެސް އިހުސާން އިއްޔެ ހުޅުއްވައިދެއްވި އެވެ. އެއީ ޕްރިޒަން އޮފިސަރުންނާއި ޤައިދީންގެ އުފެއްދުންތެރިކަމާއި، ހުނަރުވެރި މަސައްކަތުން ބިނާކުރި އޮފީހެއް ކަމަށް ކަރެކްޝަނުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ