މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) މެދުވެރިކޮށް އެމްޑީޕީން ކުރި ދަތުރުތަކަށް ލިބެންޖެހޭ 3.6 މިލިއަން ހޯދުމަށް ކޯޓުން ބޭރު އެއްބަސްވުމަކަށް ގޮސްފި އެވެ.
ކެމްޕޭނު ތެރޭގައި މޯލްޑިވިއަންގެ ފްލައިޓްތަކުން އެމްޑީޕީން ކުރި ދަތުރުތަކަށް ލިބެންޖެހޭ 5.6 މިލިއަން ރުފިޔާގެ ތެރެއިން ނުލިބި އޮތް 3.6 މިލިއަން ރުފިޔާ އެއް މަސް ތެރޭގައިި ދެއްކުމަށް ސިވިލް ކޯޓުން މިދިޔަ އަހަރުގެ ޖުލައި މަހު ވަނީ ހުކުމްކޮށްފަ އެވެ. އެކަމަކު އެ ފައިސާ އަދިވެސް ދައްކާފައެއް ނުވެ އެވެ.
އައިލެންޑް އޭވިއޭޝަން ކުންފުނިން ދައުލަތުގެ ބަޖެޓުން އެމްޑީޕީއަށް ދިން ފައިސާގެ ތެރެއިން އެ ފައިސާ އުނިކުރުމަށް ފަހު ކޯޓު މެދުވެރިކޮށް އެ ހޯދަން މައްސަލައެއް ހުށަހަޅައި އެމްޑީޕީގެ އެކައުންޓް ފްރީޒު ކުރުމުގެ އަމުރަކަށް ވެސް އެދިފައިވެ އެވެ.
The most trusted news source in the Maldives
ނަމަވެސް، އެ މައްސަލަ ކޯޓުގައި އޮއްވައި އެމްޑީޕީ އާއި އައިއޭއެސްއާ ދެމެދު ސްޓެލްމަންޓް އެގްރިމެންޓެއް ވަނީ ގާއިމްކޮށްފަ އެވެ. އައިއޭއެސްއިން ވަނީ އެ އެއްބަސްވުމަށް ދެ ފަރާތުން އަމަލު ކުރަން އަންގައި އަމުރުކޮށްދިނުމާ އެކު ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނިންމައިދިނުމަށް އެދިފަ އެވެ.
އެހެންވެ، ސިވިލް ކޯޓުން މިއަދު ވަނީ ތަންފީޒީ މައްސަލައިގައި އެގޮތަށް ހުކުމް އިއްވައިފަ އެވެ. ސިވިލް ކޯޓުން އަންގާފައިވަނީ ސްޓެލްމެންޓް އެގްރިމެންޓަށް ދެ ފަރާތުން ވެސް އަމަލުކުރުމަށެވެ. ނަމަވެސް، އެ އެއްބަސްވުމެއްގެ ތަފްސީލެއް ނުލިބެ އެވެ.
The most trusted news source in the Maldives
ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެމްޑީޕީން ކުރި ކެމްޕެއިން ދަތުރުތަކަށް ދައްކަންޖެހޭ 5.6 މިލިއަން ރުފިޔާ ކޮންމެ ހަ މަހަކުން ދައްކަމުން ގޮސް 2027 ވަނަ އަހަރުގެ ކުރިން ދައްކާ ނިންމާ ގޮތަށް އެންމެ ފުރަތަމަ ވެސް ސްޓެލްމެންޓް އެގްރިމެންޓެއް ހެދި އެވެ. ނަމަވެސް އެ އެއްބަސްވުމާ އެއްގޮތަށް ދައްކަންޖެހޭ ފައިސާ އެމްޑީޕީން ނުދައްކާތީ އައިލެންޑް އޭވިއޭޝަނުން ހުރިހާ ފައިސާއެއް އެއްފަހަރާ ހޯދަން ދައުވާކުރީ އެވެ.
މޯލްޑިވިއަންއަށް އެމްޑީޕީން ދޭންޖެހޭ 3.6 މިލިއަން ރުފިޔާ ދައްކަން ކޯޓުން ބޭރު އެއްބަސްވުމަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ