މިއަދާ މާދަމާ ވެސް ދެކުނުގެ އަތޮޅުތަކުގެ މޫސުން ގޯސްވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮޖިކަލް ސާވިސް (މެޓް) އޮފީހުން ބުނެފި އެވެ.
މެޓް އޮފީހުން ބުނީ މިއަދު ދެކުނުގެ އަތޮޅުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި އަދި ބައެއް ރަށްރަށަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވަހޭނެ ކަމަށެވެ.
ގަޑިއަކު ފަސް މޭލާ ފަނަރަ މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި 30 މޭލަށް ވައިގަދަ ވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ މައުލޫމާތު ދީފަ އެވެ. އަދި މާދަމާގެ މެންދުރުފަހު ވެސް ދެކުނުގެ އަތޮޅުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި އުތުރާއި އިރުއުތުރުން ގަޑިއަކު ތިން މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށްވެސް މެޓް އޮފީހުން ވަނީ މައުލޫމާތު ދީފަ އެވެ.
މެޓް އޮފީހުން ބުނީ މިއަދާއި މާދަމާ ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވިޔަސް ވިލާގަނޑުގައި ކަނޑު ގަދަވާނެ ކަމަށެވެ. އަދި އެހެން އަތޮޅުތަކަށް މޫސުން ރަގަޅުވާނެ ކަމަށްވެސް މެޓް އޮފީހުން މައުލޫމާތުދެ އެވެ.
މިއަދާއި މާދަމާ ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސް ވިނަމަވެސް ހުކުރު ދުވަހު ރާއްޖޭގެ ހުރިހާ އަތޮޅަކަށް ވެސް މޫސުން އާންމު ގޮތެއްގައި ރަނގަޅު ވާނެ ކަމަށްވެސް މެޓް އޮފީހުން ބުނެ އެވެ.
މިހާރު ދެކުނަށް ކުރަމުންދާ ވިއްސާރައިގައި ލ އަތޮޅާއި ގދ އަތޮޅުގެ ބައެއް ރަށްރަށުގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.
މިއަދާއި މާދަމާވެސް ދެކުނުގެ މޫސުން ގޯސްވާނެ: މެޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ