ދިރާގުގެ އެލީޓް
ކްލަބްގެ ޕާޓްނަރެއްގެ ގޮތުގައި އޯވީއެސް ހަމަޖައްސައިފި އެވެ.
މި
ޕާޓްނާޝިޕްގެ ދަށުން ރާއްޖޭގައި ހުންނަ އޯވީއެސް ފިހާރައިން ވިޔަފާރި ކުރާ ދިރާގު
އެލީޓް ކްލަބުގެ މެންބަރުންނަށް 10 ޕަސެންޓުގެ ޑިސްކައުންޓް
ލިބޭނެ އެވެ. އޭގެ ތެރެއިން 5،000ރ. އިން މަތީގެ ވިޔަފާރިތަކަށް 20 ޕަސެންޓުގެ ޑިސްކައުންޓް ލިބޭނެ އެވެ. ދިރާގު އެލީޓް ކްލަބް ކަސްޓަމަރުންނަށް ވިޔަފާރިކުރުމަށް ފަހު، ދިރާގު އެޕް މެދުވެރިކޮށް
އެލީޓް ޑިޖިޓަލް ކާޑު ދެއްކުމުން މި ޑިސްކައުންޓްތައް ލިބޭނެ އެވެ.
އިޓަލީގެ
މަޝްހޫރު ފެޝަން ބްރޭންޑެއް ކަމުގައިވާ އޯވީއެސްއަކީ ޒަމާނީ އަދި ހިތްގައިމު
ފޭރާމާއި، އެކްސެސަރީޒް އަދި ލައިފްސްޓައިލްގެ ތަފާތު އުފެއްދުންތައް ހެޔޮ
އަގުގައި ފޯރުކޮށްދޭ ބްރޭންޑެކެވެ.
ބައިނަލްއަގުވާމީ ފެޝަންގެ އާ އޮއިވަރުތަކާއި،
ދުވަހުން ދުވަހަށް ބޭނުންކުރަން ފަސޭހަ ފަރުމާތައް އެކުލަވައިލައިގެން މުދާ
ފޯރުކޮށްދޭ އޯވީއެސްއަކީ މިހާރު ރާއްޖޭގައި ވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ
ބްރޭންޑެކެވެ.
ދިރާގު އެލީޓް
ކްލަބް ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ދިރާގުގެ ކަސްޓަމަރުންގެ އަގުވަޒަންކޮށް އެ
ކަސްޓަމަރުންނަށް އަގުހުރި އޮފާތަކުގެ އެހީގައި ކަސްޓަމަރުންގެ ދިރިއުޅުން
އިތުރަށް ފުރިހަމަކޮށްދީ، ދިރާގާއި ކަސްޓަމަރުންގެ މެދުގައި އޮތް ގުޅުން އިތުރަށް
ވަރުގަދަކުރުމުގެ މަގުސަދުގަ އެވެ. އަދި ދިރާގުން ދަނީ ދިރާގުގެ އެލީޓް
ޕާޓްނަރުންނާ ގުޅިގެން މި ފަދަ އިތުރު ފައިދާތައް ހޯދައިދިނުމަށް
މަސައްކަތްކުރަމުންނެވެ.
ދިރާގު އެލީޓް ކްލަބްގެ ޕާޓްނަރަކަށް އޯވީއެސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ