ރަހުމް ކުޑަގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޔާމީން ރަޝީދްގެ މަރުގެ މައްސަލަ އާއި ގުޅިގެން ހައްޔަރު
ކޮށްފައިވާ މީހުންގެ ތެރޭގައި ޔާމީންގެ މަރާ ގުޅިގެން އާންމުކުރި ވީޑިއޯގައިވާ ދެމީހުންވެސް ހިމެނޭ ކަމަށް ފުލުސް އޮފީހުން ބުނެފިއެވެ.
ފުލުހުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުން ޔާމީންގެ މަރުގެ މައްސަލައިގައި ބައިވެރިވި ކަމުށް ތުހުމަތުކުރެވޭ އިތުރު މީހަކު ހައްޔަރު ކުރެވިފައިވާ ކަމަށާއި ފުލުހުން އާންމު ކުރި ސީސީޓީވީ ފުޓޭޖްތަކުން ފެންނަ ދެމީހުންވެސް ހައްޔަރުކުރި ހަތްމީހުންގެ ތެރޭގައި ހިމެނޭ ކަމަށެވެ. ފުލުހުން މިދެމީހުން ހައްޔަރު ކޮށްފައިވަނީ ޔާމީން މަރާލުމުގައި އަމަލީގޮތުން ބައިވެރިވި ކަމުގެ ތުހުމަތުގައެވެ.
ޔާމީންގެ މަރުގެ މައްސަލައިގެ ތަހުޤީޤަށް ހުރަސްއަޅާ ކަމުގެ ތުހުމަތުގައި ފުލުހުން ވަނީ ރޭގެ ވަގުތެއްގައި ގާނޫނީ ވަކީލަކު ވެސް ހައްޔަރު ކޮށްފައެވެ.
ޔާމީން ރަޝީދްގެ މަރާ ގުޅިގެމް ފުލުހުން ހޯދާ ދެމީހުން ހައްޔަރު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ