މޫސުން ގޯސްވެ، ރ އަތޮޅަށް ޔެލޯ އެލާޓް ނެރެފި

މޫސުން ގޯޯސްވެ، މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ރ އަތޮޅަށް ޔެލޯ އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން މި އެލާޓް ނެރެފައިވަނީ މިރޭ 19:15 އިން މިރޭ 23:00 ގެ ނިޔަލަށެވެ.
އެލާޓް ނެރެފައިވާ ވަގުތުގައި ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
އަދި ކަނޑުތައް ވެސް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް މި ދުވަސްވަރު މޫސުން ގޯސްވެފައިވާއިރު، މިދިޔަ ހުކުރު ދުވަހު ބޯކޮށް ވާރޭވެހި މާލެ އާއި ބައެއް ރަށްތަކުގައި ވަނީ ފެންބޮޑުވެފައެވެ. އަދި ބައެއް ރަށްތަކަށް އުދަ އަރައި ބައެއް ގެއްލުންތަކެއް ވެސް ލިބިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ