އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމަށް، އެ ޕާޓީގެ ޕާލިމަންޓަރީ ގްރޫޕް (ޕީޖީ) ގެ ފުރިހަމަ ތާއީދު އޮތްކަން މިއަދު ރަސްމީކޮށް އިއުލާންކޮށްފި އެވެ.
ވީ ކިހިނެއް؟ - އެމްޑީޕީ ހަރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މީކާއީލަށް ތާއީދުކުރާކަން ހާމަކުރެއްވީ ޕީޖީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އާއި އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ މެންބަރުންނެވެ.
ތަފްސީލް - އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނާޒިލް ވިދާޅުވީ، 19 ވަނަ މަޖިލީހަށް ފަހު، 20 ވަނަ މަޖިލީހުގެ ދެވަނަ ދައުރަކަށް މީކާއީލް އިންތިހާބުވެވަޑައިގަތުމަކީ އޭނާއަށް ރައްޔިތުން ކުރާ ފުރިހަމަ އިތުބާރުގެ ހެއްކެއް ކަމަށެވެ.
"އެއީ އޭރު ނަވާރަވަނަ މަޖިލީހާއި އޭގެ ކުރީގައި ވެސް ޕާޓީގެ ހައްގުގައި އެ ބޭފުޅާ، ދިވެހި ރައްޔިތުންގެ ހައްގުގައި ކުރެއްވި މަސައްކަތުގެ ނަތީޖާ. އަޅުގަނޑުމެން އިދިކޮޅުގައި ތިބެ، އަޅުގަނޑުމެންގެ ވެރިކަމެއް ނެތި، އެ ދާއިރާ އެ ކާމިޔާބު ކުރީ، އެ ދާއިރާގެ މެންބަރުންގެ އެ އިތުބާރު މީކާއީލަށް އޮތީމަ،" ނާޒިލް ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މީކާއީލް ވަނީ ޕާޓީގެ އާންމު މެންބަރުންނާ އޭނާއާ ދެމެދު އޮންނަ ގާތް ގުޅުން ފާހަގަކުރައްވައިފަ އެވެ. އެގޮތުން:
ފާއިތުވެދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޖީގެ ފަރާތުން ރާއްޖޭގެ 100 އަށް ވުރެ ގިނަ ރަށަށް ދަތުރުކުރެއްވިކަން ހާމަކުރެއްވި
އާންމު މެންބަރުންނާ ބައްދަލުކުރައްވައި އެ މީހުންގެ އިހުސާސްތައް ގާތުން އޮޅުންފިލުއްވިކަން އޭނާ ފާހަގަކުރެއްވި
މީކާއީލް ވިދާޅުވީ އޭނާގެ ޗެއާޕާސަން ކަމެއްގައި އެއްވެސް ބޭފުޅަކު ބާކީ ނުކުރައްވާނެ ކަމަށާއި ޕާޓީގެ އެތެރޭގެ ބަދަހިކަން ގާއިމުކުރައްވާނެ ކަމަށެވެ. އަދި ޕާޓީގެ އެއްބައިވަންތަކަން އާލާކުރުމަށްޓަކައި އޭނާ ވަނީ މުހިންމު ވައުދެއް ވެވަޑައިގެންފަ އެވެ.
"ޗެއާޕާސަން ކަން ކާމިޔާބުވެއްޖެނަމަ އެންމެ ފުރަތަމަ ދުވަހު އަޅުގަނޑު އެމްޑީޕީގެ ގައުމީ މަޖިލީހަށާއި އަދި ކުރިއަށް އަންނަން އޮތް ކޮންގްރެސްއަށް ހުށަހަޅަން ނިންމާނީ މީގެ ކުރިން އެމްޑީޕީގެ ފަރާތުން ވެރިކަން ކުރައްވާފައިވާ ފަރާތްތައް، ކުރީގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ފުރުއްވަމުން ގެންދަވާ ފަރާތްތައް އެމްޑީޕީގެ ގައުމީ މަޖިލީހުން ދާއިމީ ގޮނޑިއެއް ކަނޑައެޅިގެން ދިއުން،" މީކާއީލް ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ - މީކާއީލަށް ޕީޖީގެ ތާއީދު އޮތްކަން މިއަދު ހާމަކުރިއިރު، އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ފޯރި އަންނަނީ ގަދަވަމުންނެވެ. މީކާއީލްއާ ދެން ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕުން މީކާއިލް ޗެެއާޕާސަން ކަމަށް ގެންނަން ތާއީދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ