ގ. ހިޔާރޯދިގޭގައި ރޯކޮށްލިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ހުސައިން ޝަހްބާންއަށް ދައުވާކޮށްދޭން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ހިޔާރޯދިގޭގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވަނީ މިދިޔަ މާޗް މަހު 18 ގަ އެވެ. އެ މައްސަލައިގެ ތުހުމަތުގައި ހުސައިން ޝަހުބާން، 29، ސަބުނަމްހައުސް/ލ. މާބައިދޫ ހައްޔަރުކޮށްފައި ވަނީ އޭގެ ފަސް ދުވަސް ފަހުން، މިދިޔަ މަހުގެ 23ގަ އެވެ.
ތަފްސީލު - ފުލުހުން މިއަދު ބުނި ގޮތުގައި އެ މައްސަލައިގެ ތަހުގީގު ނިންމައި، ދައުވާ ކުރުމަށްޓަކައި މިދިޔަ ބުރާސްފަތި ދުވަހު ޕީޖީ އެޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އަދި ޝަހުބާް ޝަރީއަތް ނިމެންދެން ބަންދުކުރުމަށްވެސް ކޯޓުން ނިންމާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ހިޔާރޯދިގެއަކީ، މީހުން ދިިރިނޫޅޭ ކަރަންޓް ވެސް ނުހުންނަ ގެއެކެވެ. އަލިފާނުގެ ހާދިސާ ހިނގީ އެ ގެ ސާފުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ.
އެނގުން މުހިންމު - އަލިފާން ރޯވުމުގެ 7 މިނިޓެއްހާއިރު ކުރިން ވޭވް ސައިކަލެއްގައި ފިރިހެނަކު އައިސް އެ ސައިކަލު ޕާކުކޮށް، އެ ގެއަށް ވަންނަތަން ސީސީޓީވީ ފޫޓޭޖުން ފެނެ އެވެ. ތުހުމަތު ކުރެވޭ ގޮތުގައި އެ މީހާއަކީ ޝަހުބާން އެވެ.
އެ ގޭގެ މީހުން ބުނި ގޮތުގައި އެ ގޭގައި ހުންނާނީ ބާ ފަރުނީޗަރު ފަދަ ތަކެއްޗެވެ. އެހެންވެ ފަސޭހައިން އަލިފާން ފެތުރިގަންނާނެ އެވެ.
"ބެލެވެނީ ހަމަ ރޯކޮށްލީ ކަމަށް. އޮޅުމަކުން އެތަނުގައި ރޮލެއްނުވާނެ،" އެ ގެއަށް ނިސްބަތްވާ މީހަކު އޭރު 'ދައުރު'އަށް ދިން އިންޓަވިއުގައި ބުނެފައިވެ އެވެ.
އެ ގޭގައި ރޯ އަލިފާން ކޮންޓްރޯލްވީ ގަޑިއިރަކަށް ވުރެ ގިނައިރުވީ ފަހުންނެވެ. ނިއްވާލިއިރު މުޅި ގެ ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފަ އެވެ. އަދި އަލިފާނުގެ ސަބަބުން ކައިރީގައި ހުރި ބައެއް އިމާރާތްތަކަށް ވެސް އޭގެ އަސަރުކޮށްފައިވެ އެވެ.
ހިޔާރޯދިގޭގައި ރޯއްކޮލި ކަމަށް ތުހުމަތުވާ ޝަހްބާންއަށް ދައުވާކޮށްދޭން އެދި ފޮނުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ