ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާ މެންބަރުކަމުގެ ބައި-އިލެކްޝަންއަށް ކުރިމަތިލުމުގެ މުއްދަތު އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު އިތުރުކޮށްފި އެވެ.
ވީ ކިހިނެއް؟ - ޕީއެންސީގެ މެންބަރު މުހައްމަދު ސިނާންގެ ސާބިތު ދަރަންޏެއް އޮވެގެން ހުސްވި އެ ގޮނޑީގެ ބައި-އިލެކްޝަންނަށް އީސީން ހުޅުވާލީ މި މަހު 13ގަ އެވެ. އޭރު ކުރިމަތިލުމަށް ހުޅުވާލީ، މި މަހު29 އެވެ. އެހެން ނަމަވެސް އެ މުއްދަތު އިތުރު ކުރަން ނިންމި ކަމަށް އިސީން މިއަދު ގެޒެޓް ކުރި އިއުލާންގައި ބުނެފައިވެ އެވެ.
ތަފްސީލު- އީސީން މިއަދު ކުރި އިއުލާންގައިވާ ގޮތުން:
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ މުއްދަތު އަންނަ މަހު 2ވާ ހޮނިހިރު ދުވަހުގެ މެންދުރު 3އަށް އިތުރުކޮށްފައިވާ ކަމަށް
އެހެން ކަމުން އެ ގޮނޑިއަށް ކުރިމަތިލުމަށް އިތުރު ތިން ދުވަސް ލިބޭނެ
މުއްދަތު އިތުރު ކުރި ސަބަބެއް އީސީގެ އިއުލާނަކުން ނޭނގެ
އެނގުން މުހިންމު - އީސިން މި މަހު13ގައި ކުރި އިއުލާންގައިވާ ގޮތުން މި އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ، އަންނަ ޖޫން މަހު6 ގަ އެވެ. ޕީއެންސީގެ ޓިކެޓްގައި ސިނާން ވާދަ ކުރައްވާއިރު، އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަ ކުރައްވަނީ، އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު(ސޯބެ) އެވެ. އެ ދެބޭފުޅުންނަށްވެސް ޕާޓީގެ ޓިކެޓް މިހާރު ވަނީ ޔަގީިންވެފަ އެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ