ޔަހޫދީންގެ ހަނގުރާމައިގެ އަމާޒަކީ މުޅި އިސްލާމީ އުއްމަތް: ރައީީސް މައުމޫން

އިޒްރޭލުން މިހާރު ކުރަމުންދާ ހަނގުރާމައިގެ އަސްލު އަމާޒަކީ ހަމައެކަނި ވަކި ޖަމާޢަތެއް ނޫން ކަމަށާއި އެ ހަނގުރާމައަކީ މުޅި މުސްލިމް އުންމަތް ކަމަށް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް މައުމޫން ވިދާޅުވެފައިވަނީ އިޒްރޭލުން މި ހަނގުރާމަ ކުރަނީ ހަމައެކަނި ލުބްނާނާ ދެކޮޅަކަށް ނޫން ކަމަށެވެ.
އޭގެ ބަދަލުގައި މި ހަނގުރާމަ ކުރަނީ ހުރިހާ އަރަބިންނާއި މުސްލިމުންނާ ދެކޮޅަށް ކަމަށް ވެސް މައުމޫން ވިދާޅުވިއެވެ.
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ޢުދުވާނީ ޢަމަލުތަކާއި، ލުބްނާނަށް ދެމުންދާ ހަމަލާތަކަކީ މި ކަމުގެ ހެއްކެއް ކަމަށާއި، ހުޅަނގުގެ ގައުމުތަކުން މި ހަގީގަތް އޮޅުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.
ހުޅަނގުގެ ގައުމުތަކުން މިކަން އޮޅުވާލިޔަ ނުދިނުމަށް ވެސް ރައީސް މައުމޫން އިލްތިމާސް ކުރެއްވިއެވެ.
ޔަހޫދީން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި ފަލަސްޠީނުގެ 41000 މީހުން ޝަހީދުކޮށްލައި، 96000 މީހުން ޒަހަމް ވެސް ކޮށްލައިފިއެވެ.
ޔަހޫދީން ޝަހީދުކޮށްލި ގިނަ މީހުންގެ ތެރޭގައި ހިމެނެނީ އަންހެނުންނާއި ކުޑަކުދީންނެވެ. އޭގެތެރޭގައި އުމުރުން އެންމެ ދެ އަހަރުން ދަށުގެ 1300 ކުޑަކުދިން ވެސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ