ހދ ކުމުންދޫގައި ހުންނަ އާސާރީ މިސްކިތެއްކަމަށްވާ 'އީދު މިސްކިތް' މަރާމާތުކޮށް، ހެރިޓޭޖް ސައިޓެއްގެ ގޮތުގައި އެ ސަރަހައްދު ތަރައްގީކޮށް ހުޅުވައިފި އެވެ.
އެރަށު 'އީދު މިސްކިތް' ބިނާކޮށްފައިވަނީ 1925 ވަނަ އަހަރު ކުޑަރިކިލު މުހައްމަދު އަލީ މަނިކު (ކުޑަރިކިލު ނައިބު މުހައްމަދު ކަލޭފާނެ) މޭސްތިރިކަމުގަ އެވެ.
މިސްކިތަށް ސަތޭކަ އަހަރުފުރުމާ ދިމާކޮށް މިދިޔަމަހު 26 ވަނަ ދުވަހު ހުޅުވި މި މިސްކިތާއި ހެރިޓޭޖް ސައިޓް ހުޅުވައިދެއްވީ ކުމުންދޫ ރައީސް އަމީން މުހައްމަދެވެ. މި ރަސްމިއްޔާތުގައި ބެއަރފުޓްގެ އޯނަރ ކްރިޝްވެސް ބައިވެރިވެލެއްވި އެވެ.
ކައުންސިލުން ތަރައްގީކޮށް މަރާމާތުކުރި މި ސައިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަމީން ވިދާޅުވީ، އެރަށެއްގެ ރައްޔިތުންނާއި އެރަށެއްގެ އިދާރާތަކުން އެރަށެއްގެ ހުރި ތަރިކަތަކަށް ސަމާލުކަން ނުދިން ވަރަކަށް އެހެން ބަޔަކު އެތަންތަން ހިމާޔާތްކުރަން އަންނާނެކަމަށް ދެކިގެން ނުވާނެ ކަމަށެވެ.
ރައްޔިތުންގެ ބައިވެރިވުމާއެކު ބިނާކުރި އެ މިސްކިތުގައި ކާބަފައިންގެ އިމާރާތްކުރުމުގެ ފަންނުވެރިކަން ދައްކައިދޭ ރީތި މިސްކިތެކެވެ. މިސްކިތް ބިނާކޮށްފައިވަނީ އުވަ ދަވައިހެން މޫދު ގާ ތަޅައިގެންނެވެ. މިސްކިތުގެ މިންބަރު ހަދާފައިވަނީ އުވައިންނެވެ. އަދި މަތިވަނޑާގަނޑަކީ ނިރޮޅެވެ. ތަނބުތައް ހަދާފައިވަނީ ލަކުޑިންނެވެ.
މި މިސްކިތުގައި ނަމާދު ކުރުން ހުއްޓާލީ 2002 ވަނަ އަހަރު އެވެ. މި ކައުންސިލްގައި މިސްކިތް މަރާމަތުކޮށް ހުޅުވީ ރަށުގެ ތަރިކަ އާއި ސަގާފަތް ރައްކާތެރިކުރުމުގެ މުހިންމު ބޭނުމުގަ އެވެ.
ކުމުންދޫ ކައުންސިލުން މަރާމާތުކޮށް އަލުން ހުޅުވި ރަށުގެ މުހިންމު ތަރިކައެއްކަމަށްވާ އީދު މިސްކިތް--ފޮޓޯ: ކުމުންދޫ ކައުންސިލް
ކުމުންދޫ ކައުންސިލުން މަރާމާތުކޮށް އަލުން ހުޅުވި ރަށުގެ މުހިންމު ތަރިކައެއްކަމަށްވާ އީދު މިސްކިތް، އެތަން ކައުންސިލްގެ ރައީސް އަމީން ހުޅުވައިދެއްވަނީ--ފޮޓޯ: ކުމުންދޫ ކައުންސިލް
ކުމުންދޫ އީދު މިސްކިތް؛ ކައުންސިލުން ތަރައްގީކުރި މުހިންމު ތަރިކައެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ