އަމިއްލައަށް ކަރަށް ވަޅިއެއް ޖަހައިގެން މާލޭގައި މީހަކު މަރުވެއްޖެ އަމިއްލައަށް ކަރަށް ވަޅިއެއް ޖަހައިގެން މާލޭގައި މީހަކު މަރުވެއްޖެ

އަމިއްލައަށް ކަރަށް ވަޅިއެއް ޖަހައިގެން މަރުވެފައި އޮތް މީހަކު މާލޭގެ ގެއެއްގެ ތެރެއިން މިއަދު ފެނިއްޖެ އެވެ.
މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ، މަރުވެފައި އޮއްވާ ފެނުނު މީހާގެ މައްސަލައިގައި ޖިނާއީ ތުހުމަތެއް ކުރެވޭ އެއްވެސް ކަމެއް މިހާތަނަށް ފާހަގަ ކުރެވިފައިނުވާ ކަމަށެވެ.
މި ނޫހަށް އެނގިފައިވާ ގޮތުގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ކަރަށް އޮތީ ވަޅިއެއް ހަރާލާފަ އެވެ. އެކަމަކު، މިހާތަނަށް ބެލި ބެލުމުން ވަޅި ހެރީ މަރުވި މީހާ އަމިއްލައަށް ކަމަށް ބެލެވޭ ކަމަށް އެނގިފައިވެ އެވެ. އޭނާ މަރުވީ ކަރަށް ލިބުނު ޒަހަމުތަކުގެ ސަބަބުންނެވެ.
މަރުވެފައި އޮއްވާ ފެނުނު މީހާ އޮތް ތަނަކީ ތަޅުލާފައި ހުރި ތަނެކެވެ. އަދި ތަޅު ހުޅުވައިގެން ނޫން ގޮތަކަށް އެތަނަށް ވަދެވެން ނެތް ކަމަށް ވެސް އެނގިފައިވެ އެވެ.
މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިފައިވާ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައި ވަނީ ހެނދުނު 7:22 ގަ އެވެ. އެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ