އޮސްޓްރޭލިއާ ސިފައިންގެ އިސްވެރިޔަކު ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާންއާ ބައްދަލުކުރައްވައިފި އެވެ.
ޑިފެންސް މިނިސްޓްރީގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނީ ގައްސާން އާއި ބައްދަލުކުރެއްވީ އޮސްޓްރޭލިއާ އަސްކަރިއްޔާގެ އިންޑޯ-ޕެސިފިކް އެންޑަވާ ކޮމާންޑަރު، ބްރިގޭޑިއާ ޖެނެރަލް ޖެނިފާ ހެރިސް އެވެ.
މި ބައްދަލުވުން ބޭއްވީ މިއަދު ޑިފެންސް މިނިސްޓްރީގަ އެވެ. ބައްދަލުވުމުގައި އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޑޭވިޑް ޖެސަޕް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ޑިފެންސް މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދު އޮތް އަސްކަރީ ގުޅުން ބަދަހި ކުރުމަށާއި، ކޮންމެ އަހަރަކު ބާއްވާ އިންޑޯ-ޕެސިފިކް އެންޑެވޯ ހަރަކާތުގެ ކަންކަމާއި ގުޅޭގޮތުން އިސްވެރިން މަޝްވަރާކުރެއްވި އެވެ.
އޮސްޓްރޭލިއާ އިން ރާއްޖެއަށް ދެމުންދާ އަސްކަރީ އެހީތަކަށް ގައްސާން ޝުކުރު އަދާކުރެއްވި ކަމަށް ވެސް ޑިފެންސުން ބުންޏެވެ.
އޮސްޓްރޭލިއާ ސިފައިންގެ އިސްވެރިޔަކު ޑިފެންސް މިނިސްޓަރު ގައްސާންއާ ބައްދަލުކޮށްފި އޮސްޓްރޭލިއާ ސިފައިންގެ އިސްވެރިޔަކު ޑިފެންސް މިނިސްޓަރު ގައްސާންއާ ބައްދަލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ