ހުޅުމާލެ ފޭސް އެކަކާއި ދޭއް ގުޅޭ ޗެނަލްގައި އިންޖީނުލީ އުޅަނދު ދުއްވުން މަނާކުރަން ނިންމައިފި އެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ އެއީ އެ ސަރަހަައްދު ބޭނުންކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ އަޅާ ފިޔަވަޅެއް ކަމަށެވެ.
އެޗްޑީސީން ބުނީ ހުޅުމާލެ ދެ ފޭސް ގުޅޭ ސަރަހައްދުގެ ޗެނަލަކީ ކުޑަކުދީންނާއި ބޮޑެތި މީހުން ހިމެނޭހެން ގިނަ އަދަދެއްގެ ރައްޔިތުން މޫދަށް އެރުމަށާއި މުނިފޫހިފިލުވުމަށް ބޭނުންކުރާ ސަރަހައްދެއް ކަމަށެވެ. އަދި މި ސަރަހައްދަކީ އެ ކޯޕަރޭޝަނުން ތިމާވެށި ހިމާޔަތް ކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ދަށުން މުރަކަ އިންދާ އާލާކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދެއް ކަމަށެވެ.
އެހެން ކަމުން އެ ސަރަހައްދުގައި އިންޖީނުލީ އުޅަނދު ދުއްވުމަކީ މޫދަށް އެރޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސްއެޅޭ ކަމެއް ކަމަށެވެ. އަދި އެއީ މުރައްކަ އިންދާ އާލާކުރުމަށް ކުރަމުންދާ މަސައްކަތަށް ދަތިވާ ކަމަށް ކަމަށެވެ. އެހެން ކަމުން މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން އެ ސަރަހައްދުގައި އިންޖީނުލީ އުޅަނދު ފަހަތު ދުއްވުމަކީ މަނާ ކަމެއް ކަމުގައި ކަނޑައަޅާފައިވާ ކަަމަށް ވަނީ ބުނެފަ އެވެ.
ދެ ފޭސް ގުޅޭ ޗެނަލްގައި އިންޖީނުލީ އުޅަނދު ދުއްވުން މަނާކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ