އައްޑޫގެ ގުޅިފައިވާ ރަށްރަށަށް ކަރަންޓު ފޯރުކޮށްދޭ އިންޖީނުތަކަށް ކަރަންޓު މައްސަލަ ދިމާވެ އަނެއްކާވެސް އެ ރަށްރަށުން ކަރަންޓު ކަނޑަން ފަށައިފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ ދެ ތިން ހަފްތާ އިން ފެށިގެން އެކި ވަގުތުތަކުގައި އެ ރަށްރަށުގެ ސަރަހައްދުތަކުން ކަރަންޓު ކަނޑަމުން ދަނީ ކަރަންޓު ލޯޑު މަތިވުމުންނާއި ބައެއް އިންޖީނުތަކަށް ޓެކްނިކަލް މައްސަލަތައް ދިމާވުމުގެ ސަބަބުން ކަމަށް ކަމަށް އައްޑޫގެ ފެނަކަ ބްރާންޗުގެ ވައިބާ ގްރޫޕުގައި ލިޔެފައިވެ އެވެ.
ތަފްސީލް - މީގެ ކުރިން ވެސް އައްޑޫގެ ގުޅިފައިވާ ރަށްރަށަށް ކަރަންޓު ފޯރުކޮށްދޭ ޖެނެރޭޓަރުތަކަށް މައްސަލަ ދިމާވެ ކަރަންޓު ކެނޑި އެވެ.
މި އަހަރުގެ ކުރީކޮޅު އަދި ފަހުން މެދު ތެރޭ ވެސް އައްޑޫގައި ކަރަންޓު ކެނޑޭ މައްސަލަ ދިމާވި
ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް އައްޑޫގެ ރައްޔިތުން އަންނަނީ ފެނަކަ އަށާއި ސަރުކާރަށް ގޮވާލަމުން
މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދޭނެ ކަމަށް ފެނަކަ އިން މީގެ ކުރިން ވަނީ ބުނެފައި
އިންޖީނުތަކަށް މައްސަލަ ދިމާވެ އަނެއްކާވެސް އައްޑޫން ކަރަންޓު ކަނޑަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ