އޮޕަރޭޝަން އަލިމަގު: އައްޑޫގެ މަސްތުވާތަކެތީގެ ބޮޑުންތަކެއް ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރި ކުރާ މީހުން ހޯދުމަށް، މުޅި ރާއްޖޭގައި ފުލުހުން ފަށާފައިވާ 'އޮޕަރޭޝަން އަލިމަގު'ގެ ދަށުން އައްޑޫގައި ފުޅާ ދާއިރާއެއްގައި އެކަން ކުރާ ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - އިންޓެލިޖެންސް މައުލޫމާތުގެ މައްޗަށް ބިނާކޮށް މުޅި ރާއްޖެ ހިމެނޭ ގޮތަށް، ރައީސް މުހައްމަދު މުއިއްޒުގެ އެންގެވުމެއްގެ މަތިން އެ އޮޕަރޭޝަން ފަށާފައިވަނީ މިދިޔަ މަހުގެ 13 ވަނަ ދުވަހު އެވެ. އޭގެ ފަހުން އެކި ދުވަސްތައް މަތިން، އެކަމާ ގުޅޭ މީހުން ފުލުހުން ދަނީ ހައްޔަރުކުރަމުންނެވެ.
ތަފްސީލް - ފުލުސް އޮފީހުން މިއަދު ބުނީ އެ އޮޕަރޭޝަނުގެ ދަށުން އިއްޔެ ރޭ ހައްޔަރުކުރީ، އައްޑޫގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ނެޓުވޯޓުގެ އިސް މީހުންނެވެ.
ފުލުހުން ބުނި ގޮތުގައި:
މިއީ 2017 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ ބައެއް
އެ ނެޓުވޯކުގެ އިސް މީހުން ހޯދައި ތަހުގީގު ކުރުމުގެ މަސައްކަތް ކުރިއްސުރެ ދިޔައީ ކުރަމުން
މަސްތުވާތަކެތި ޓްރެފިކްކުރުމާއި މަނީލޯންޑާ ކުރުމުގެ ތަހުގީގެއް ދިޔައީ ހިންގަމުން
ފުލުހުން ބުނި ގޮތުގައި، މިދިޔަ ފަސް އަހަރުގެ ތެރޭގައި މި ނެޓުވޯކުގެ އިސް ހަތަރު މީހެއްގެ އެކައުންޓުގައި 19 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވެ އެވެ.
އެކަމަކު މިއީ މިހާރު ވެސް ތަހުގީގު ހިނގަމުންދާ މައްސަލައަކަށްވުމުން، އޭގެ ތަފްސީލެއް ފުލުހުން އަދި ނުދެ އެވެ.
އެނގުން މުހިއްމު - އޮޕަރޭޝަން އަލިމަގު ފެށި ދުވަހު ވެސް މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި 100އަށް ވުރެ ގިނަ މީހުން ހައްޔަރުކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ