ގާނޫނު އަސާސީއަށް ގެނައި ބަދަލުތަކުގެ ސަބަބުން ރައްޔިތުންގެ ބާރުވެރިކަން އިތުރުކުރެވިފައިވޭ ވާނުވާ ބަންދު ނިމުމަކަށް ގެނައުމަށް ގާނޫނީ މަސައްކަތް ފަށައިފިން: ރައީސް ޗަސްބިމުގައި ދޮންކެޔޮ ގަސް ހެއްދުމަކީ ހިތްވަރުދޭ ކަމެއް ނޫން: އެންވަޔަރަމަންޓް މިނިސްޓްރީ

ބާރު އޮންނަ ފަރާތްތަކުން ނުފޫޒު ބޭނުންކޮށްގެން މީހުން ފްރޭމްކޮށް، ނުހައްގުން މަރުގެ އަދަބު ދިނުމަކީ ދުރުގައި އޮތް ކަމެއް ނޫން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވެއްޖެއެވެ.
އޭނާ މި ކަންބޮޑުވުން ފާޅުކުރެއްވީ މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަތަކުގައި މަރުގެ އަދަބު ދެވޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހާ ގުޅިގެންނެވެ.
ރާއްޖެއަށް 500 ގްރާމަށްވުރެ ގިނައިން މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ކަނޑައަޅައި، މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީ ފާސްކޮށްފައެވެ. މި އިސްލާހާ ގުޅިގެން ޒިޔާދު ވިދާޅުވީ މިފަދަ ހައްސާސީ މައްސަލަތަކުގައި ސިޔާސީ ނުވަތަ އެހެނިހެން ނުފޫޒެއް ބޭނުންކޮށްގެން މީހުން ފްރޭމްކުރުމުގެ ފުރުސަތު އޮތް ކަމަށެވެ.
ޒިޔާދު އިތުރަށް ވިދާޅުވީ ރާއްޖޭގެ އަދުލުގެ ނިޒާމުގެ ފުރިހަމަ މިނިވަންކަން ގާޒީންގެ އަތްމައްޗަށް ލިބިގެން މެނުވީ މިފަދަ ކަންކަން ނިންމަން ހެޔޮނުވާނެ ކަމަށެވެ. އަދި އެއިރަކު އޮންނަ ބާރަކުން މީހަކަށް ނުހައްގުން މަރުގެ ހުކުމް ތަންފީޒުކުރުމަކީ ވެދާނެ ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ކުރީގެ މިނިސްޓަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ