އައްޑޫ ކައުންސިލާ ގުޅޭ ވޯޓްލާން ރަޖިސްޓްރީވުމުގެ ވަގުތު އިތުރުކޮށްފި ހުޅުމީދޫގައި ކުރިއަށް ގެންދިޔަ “ފަހެލި ބޫޓް ކޭމްޕް” ނިންމާލައިފި އައްޑޫ ސިޓީގައި ބޭރަށް ހިނގުން އިތުރުވާތީ ސަމާލުވާން އަންގައިފި! އައްޑޫ ރައްޔިތުންނަށް ހައްގު މިންވަރަކީ ‘ބޮޑު ސްކްރީނުން

އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން އައި ބޮޑު ނެޓްވޯކަކަށް ނިސްބަތްވާ ބަޔަކު ފުލުހުން ހައްޔަރުކޮށްފި އެވެ. ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މި ނެޓްވޯކުގައި ހިމެނޭ ހަތަރު މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. މިއީ އައްޑޫގައި ހިންގަމުން ދިޔަ ވަރަށް ބޮޑު ޑްރަގް ނެޓްވޯކެއް ކަމަށް މައުލޫމާތު ލިބެ އެވެ. މި މައްސަލައިގެ ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި، ހައްޔަރުކޮށްފައިވާ މީހުން ވަނީ ބޮޑެތި އަދަދުތަކުން ފައިސާގެ މުއާމަލާތް ހިންގާފަ އެވެ. އެގޮތުން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި މި ހަތަރު މީހުން ވަނީ 19 މިލިއަން ރުފިޔާ ދައުރުކޮށްފައިވާކަން ތަހުގީގަށް ވަނީ ފާހަގަކުރެވިފަ އެވެ.
މިއީ މަސްތުވާތަކެތީގެ ވިޔަފާރިން ހޯދާފައިވާ ފައިސާ ކަމަށް ބެލެވޭއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ބަލަމުންނެވެ. ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ހޯމް މިނިސްޓްރީ އާއި ފުލުހުން ގުޅިގެން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މިފަދަ ނެޓްވޯކްތައް ހޯދައި ފިޔަވަޅު އެޅުމުގެ މަސައްކަތް ވަނީ ވަރުގަދަ ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ