މާލޭގެ މަގުތަކުގައި އާންމު ދަތުރުފަތުރަށް ދަތިވާ ގޮތަށް ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ނެގުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. މިއީ މަގުމަތީގެ ނިޒާމު ހަރުދަނާކޮށް، މަގު ބޭނުންކުރާ ފަރާތްތަކަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން ފުލުހުން ކުރަމުންދާ މަސައްކަތެކެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި، މި މަސައްކަތުގެ ތެރެއިން ހާއްސަ ސަމާލުކަމެއް ދީގެން އުޅަނދުތައް ނަގަމުން ދަނީ ކަފިހިހުރަސްތަކާއި، މަގުމަތީގައި ލައިން ދަމާފައިވާ ސަރަހައްދުތަކުގެ އިތުރުން ގޯޅިކަންމަތީގައި ޕާކުކޮށްފައި ހުންނަ އުޅަނދުތަކެވެ. މިފަދަ ތަންތަނުގައި ގަވާއިދާ ހިލާފަށް އުޅަނދުތައް ބަހައްޓާފައި ހުރުމުގެ ސަބަބުން، ހިނގާބިނގާވެ އުޅޭ މީހުންނަށާއި ދުއްވާ އެއްޗެއްސަށް ބޮޑެތި ދަތިތަކާ ކުރިމަތިވަމުންދާކަން ފުލުހުން ފާހަގަކުރެއެވެ.
މިކަމާ ގުޅިގެން ފުލުހުން ވަނީ އާންމުންނަށް މުހިންމު އިލްތިމާސެއް ވެސް ކޮށްފައެވެ. އެގޮތުން، މަގުމަތީގައި ދަތުރުކުރާ ފަރާތްތަކަށް އުނދަގޫވާ ގޮތަށް ނުވަތަ މަނާކޮށްފައިވާ ސަރަހައްދުތަކުގައި ޕާކުކުރުމުގެ ބަދަލުގައި، ޕާކުކުރުމަށް ހާއްސަކޮށް ކަނޑައަޅާފައިވާ ޒޯންތައް ބޭނުންކުރުމަށް ފުލުހުން އެދިފައިވެއެވެ. އަދި ޕާކުކުރުމުގައި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ވެސް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ.
ޑޮލަރު ސޫޓް ކޭސް ފޭރުނު މައްސަލައިގައި ހައްޔަރުކުރި އެންމެން ޝަރީއަތް ނިމެން ދެން ބަންދުކޮށްފި ވަގަށް ނެގި 20000 ޑޮލަރު ހޯދާ ވެރި ފަރާތާ ހަވާލުކޮށްފި ހެކީގެ ގޮތުގައި ހިފެހެއްޓި ފޯނެއްގައި ހުރި ފޮޓޯ ލީކްއެއް ނުވޭ: ދިވެހި ފުލުހުން ރިސޯޓެއްގައި މަރުވެފައި އ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ