ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ބޮސްނިއާ ކުޅުނު ފުރަތަމަ މެޗުން އެއްވަރުވި މައިގަނޑު އެއް ސަބަބަކީ މެޗު ކުޅުނު ކެނެޑާގެ ސަޕޯޓަރުން ކަމަށް ބޮސްނިއާގެ ކޯޗު ސާޖެޓް ބާބޭރެޒް ބުނެފި އެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ކޯޗު ބުނީ ފުރަތަމަ ހާފުގައި އޭނާގެ ޓީމު ދެއްކި ކުޅުން ފަހު ހާފުގައި ނުދެއްކި ތިބެން ޖެހުނީ ދިފާއުގައި ކަމަށެވެ.
"ފުރަތަމަ މެޗު ކުޅެން މި ޖެހުނީ މުބާރާތް ބާއްވާ ގައުމާ ދެކޮޅަށް. ދަނޑުގައި ތިބި 80 ޕަސެންޓް ސަޕޯޓަރުންނަކީ ކެނެޑާ މީހުން. މިއީ ވަރަށް ބޮޑު ޕްރެޝަރެއް. އަދި މިއީ އަހަރުމެންނަށް ލިބުނު ހަދިޔާއެއްވެސްމެ. އެއީ އެ ޕްރެޝަރެއް މުޅިން ދީދާ ނުލައި މެޗުން ޕޮއިންޓެއް ހޯދުނުތީވެ،" ކޯޗު ބުންޏެވެ.
އޭނާ ބުނީ ބޮސްނިއާ ޓީމުގެ ޑިފެންޑަރު ކޮލަސްނިކް ދެއްކި ކުޅުން ވަރަށް ރަނގަޅު ކަމަށާއި މިފަދަ ބޮޑު މުބާރާތެއްގައި މުޅި ޓީމުގެ ޕްރެޝަރު ނެގީ ވެސް ތަޖުރިބާކާރު ޑިފެންޑަރު ކަމަށެވެ.
"އަހަރެން އުއްމީދު ކުރީ އޭނާ މުޅި ޓީމު ކޮނޑުއަޅައިގެން އުޅޭނެ ކަމަށް. މިފަދަ ބޮޑެތި މެޗުތަކުގައި އޭނާ ފަދަ ކުޅުންތެރިންގެ ތަޖުރިބާ މުހިންމު ވަނީ މިހެންވެ،" ކޯޗު ބުންޏެވެ.
އަމިއްލަ ދަނޑުގައި ކެނެޑާއިން ފަހު ހާފުގައި ދެއްކި ކުޅުމަކީ ދެ ޓީމަށް ވެސް ޕޮއިންޓެއް ހަގުވާ ފަދަ ކުޅުމެއް ކަމަށް ވެސް ބާބޭރެޒް ބުންޏެވެ.
"އެމީހުންނަށް ބޯޅަ ދީފައި އަހަރުމެން ތިބީ ފަހުހާފުގައި ފަހަތުގައި. އެއީ ސަޕޯޓަރުންނާ ހެދި ވެސް ވީކަމެއް. އަދި އެ މީހުން ފިޒިކަލީ ވަރަށް ވަރުގަދަ. އެމީހުންގެ ޕްލޭނެއް އޮތް. އެމީހުންނަށް އެނގޭ އެ ޕްލޭން ތަންފީޒު ކުރަން. އަހަރުމެން ދިފާއުގައި ތިބެން ޖެހުނީ އެ މީހުންގެ މޮޅުކަމުން،" ކޯޗު ބުންޏެވެ.
ކެނެޑާގެ ކޯޗު ޖެސީ މާޝް ވެސް ވަނީ ފުރަތަމަ ހާފުގައި ދެއްކި ކުޅުން ބަދަލުކޮށް ފަހު ހާފުގައި އޭނާގެ ޓީމު ދެއްކި ކުޅުމާމެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހުން ފާޅުކޮށްފަ އެވެ.
މި ގްރޫޕުގައި ހިމެނޭ ސްވިޒަލޭންޑާއި ގަތަރުގެ މެޗު ކުޅޭނީ ހޮނިހިރު ދުވަހުގެ ރޭގަ އެވެ.
ސަޕޯޓަރުންނާހެދި އަހަރުމެން ތިބެން ޖެހުނީ ދިފާއުގައި: ބޮސްނިއާ ކޯޗު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ